ރިސޯޓަކުން މޫދަށް އެރުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

އއ. ކުރަމަތި ރިސޯޓް: މޫދަށް އިރިއުޅެނިކޮށް މަރުވެފައި އޮއްވާ ފެނުނީ ޖަރުމަނު ފަތުރުވެރިއެއް ---

އއ. އަތޮޅުގައި އޮންނަ ރިސޯޓަކުން މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އއ. އަތޮޅުގައި އޮންނަ ރިސޯޓަކުން ފަތުރުވެރިޔަކު މޫދަށް އެރި އުޅެނިކޮށް ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:13 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ ޖަރުމަނު ފިރިހެނެކެވެ. އެމީހާ އއ. ރަސްދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަރުވި މީހާގެ ހަށިގަނޑު މިހާރު މާލެ ގެނެސްފައިވާއިރު އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވި ފަތުރުވެރިޔަކީ އއ. ކުރަމަތި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެކެވެ.

comment ކޮމެންޓް