ޓިކްޓޮކް ތަރި ކަބީ ލޭމް 'އިޓާލިއަންސް ގޮޓް ޓެލެންޓް'ގެ ފަނޑިޔާރަކަށް

ކަބީ ލޭމް

ޓިކްޓޮކްގައި އެންމެ ގިނަ މީހުން ފޮލޯ ކުރާ ސެނެގާލްއަށް އުފަން ކަބީ ލޭމް، 'އިޓާލިއަންސް ގޮޓް ޓެލެންޓް'ގެ ފަނޑިޔާރުންގެ ޕެނަލްއާ ގުޅިއްޖެއެވެ.

ނަމަވެސް “އިޓަލީސް ގޮޓް ޓެލެންޓް” އިން ޖޫރިމަނާ ކުރާ މީހެއްގެ ގޮތުގައި ލޭމް ފުރަތަމަ ފަހަރަށް ފެނިގެން ނުދާނެއެވެ.

'އިޓާލިއަންސް ގޮޓް ޓެލެންޓް' ގެ ކުރިއަށް އޮތް އެޑިޝަންގައި ލޭމްއާ އެކު ޕޮޕް ލަވަކިޔުންތެރިޔާ އެލެޓްރާ ލަމްބޯގިނީ، ޓީވީ ޝަޚުސިއްޔަތެއް ކަމަށްވާ މާރާ މައޮންޗީ އަދި އިޓަލީ-އެމެރިކާ ކޮމެޑީ ތަރިއެއް ކަމަށްވާ ފްރެންކް މަޓާނޯ ޕެނަލްގައި ބައިވެރިވާނެއެވެ.

ލޭމް އުޅެ ބޮޑުވީ އިޓަލީގައެވެ. އޭނާ އަކީ މީގެ ކުރިން އިޓަލީގެ ފެކްޓްރީއެއްގައި މަސައްކަތް ކުރި މީހެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ވަޒީފާއިން ވަކި ކުރުމުން، އެ އަހަރުގެ މާޗު މަހު އޭނާ ވަނީ ޓިކްޓޮކް ކުޅެން ފަށާފައެވެ.

ލޭމް މަޝްހޫރުވެފައިވަނީ އަނގައިން ނުބުނެ އޭނާގެ އިޝާރާތުން ހަރަކާތް ދައްކަމުން އޭނާ ގެނެސްދީފައިވާ ޓިކްޓޮކްތަކުގެ ސަބަބުންނެވެ.

އޭނާގެ ޓިކްޓޮކްތަކުގައި "ލައިފް ހެކްސް"ގެ ގޮތުގައި މީގެ ކުރިން އެކި މީހުން އާންމުކޮށްފައި ހުންނަ ވީޑިޔޯތަކުގައި ހުންނަ ކަންކަމަކީ ދެކޮޅު ނުޖެހޭ ކަންކަންކަމަށް ދައްކާފައިވެއެވެ. އަދި އެ ޓިކްޓޮކްތަކަކީ ބަލާ މީހުންނަށް މަޖާ 'އެންޓަޓެއިންމަންޓެއް'ގެ ގޮތުގައި މީހުން ސިފަކުރެއެވެ. މިއީ އޭނާ މަޝްހޫރުވުމަށް މެދުވެރިވި ވީޑިޔޯތަކެވެ.

އޭނާ މަސައްކަތްކުރަމުންދިޔަ ފެކްޓްރީން ވަޒީފާ ގެއްލުނު ނަމަވެސް، މިއަދު އޭނާއަކީ ގިނަ ބަޔަކު ފޮލޯކުރާ، މަޝްހޫރު ޓިކްޓޮކް ތަރިއެކެވެ.

comment ކޮމެންޓް