އެޑްވަޓޯރިއަލް: އެމްޑަބްލިއުއެސްސީއިން ލެބް އިކުއިޕްމަންޓް ޓެސްޓުކޮށް ކެލިބަރޭޓްކޮށްދެނީ

އެމްޑަބްލިއުއެސްސީގެ ލެބް އިކުއިޕްމަންޓް ކެލިބަރޭޝަންގެ ޚިދުމަތް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ފައްޓަވައިދެއްވަނީ -- ފޮޓޯ/ އެމްޑަބްލިއުއެސްސީ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އަކީ މާލެއާއި އަތޮޅުތަކުގެ ބައެއް ރަށްތަކަށް ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ މައި ކުންފުންޏެވެ. މީގެ 27 އަހަރު ކުރިން، ސަރުކާރުން އެމް.ޑަބްލިޔު.އެސް.ސީ އުފެއްދީ، އާންމު ރައްޔިތުންގެ ފުރާނައާއި ޞިއްޙަތު ރައްކާތެރިކުރުމަށް އެންމެ ބޮޑަށް ބޭނުންވާ ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމެއް މާލޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީ އަކީ ފެނާއި ނަރުދަމާގެ އިތުރުން، މެނުފެކްޗަރިންގ، ޓްރޭޑިންގ އަދި އިންޖިނައަރިންގ ފަދަ ސިނާޢަތްތަކުގައިވެސް އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

މިގޮތުން، އެމް.ޑަބްލިޔު.އެސް.ސީ އިން 2005 ވަނަ އަހަރު ވިލިމާލޭގައި ލެބޯޓަރީއެއް ޤާއިމްކޮށް، ފޯރުކޮށްދެމުން އަންނަ ފެނުގެ ކުއަލިޓީ ޓެސްޓް ކުރުމުގެ ޚިދުމަތަކީ ޚާއްސަކޮށް ފާހަގަކޮށްލެވޭ ހިދުމަތެކެވެ. މި ލެބޯޓަރީއަކީ ބައިނަލްއަޤުވަމީ ފެންވަރުގެ ސެޓްފިކެޓް ކަމަށްވާ އައި.އެސް.އޯ 17025:2005 ސެޓިފިކެޓް ލިބިފައިވާ އަދި އިތުބާރުކުރެވޭފަދަ ފެން ތަޙްލީލް ކުރުމުގެ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނަ ތަނެކެވެ. މި ލެބޯޓަރީއިން ދޭ ޚިދުމަތްތަކުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ ޓެސްޓުތައް ހެދުމާއި، ލެބް އިކުއިޕްމެންޓް ބޭނުންކުރާނެ ގޮތާއި އަދި ސާމްޕަލް ނަގާނެ ގޮތުގެ ޓްރޭނިންގް އަދި ކޮންސަލްޓޭޝަން ދިނުންވެސް ހިމެނެއެވެ. މި ލެބޯޓަރީއިން އަންނަނީ ރިސޯޓްތަކުންނާއި އެހެނިހެން މުއައްސަސާތަކުން ބޭނުންވެގެން ހުށައަޅާ ފެނުގެ އެނަލިސްޓިކަލް ޓެސްޓްތަށް، ޒަމާނީ ވަސީލައްތަކާއި ތަޖުރިބާކާރު މުއައްޒަފުންގެ އެހީގައި ފުރިހަމަކަމާއެކު ނިންމައި ފޯރުކޮށްދެމުންނެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ލެބޯޓަރީއިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އައު ޚިދުމަތެއްގެ ގޮތުގައި ލެބް އިކުއިޕްމެންޓް ކެލެބްރޭޝަންގެ ޚިދުމަތް ވަނީ ތަޢާރަފްކޮށްފައެވެ. ލެބް އިކުޕްމެންޓް ކެލިބްރޭޝަންއަކީ ފެނުގެ ތަޙުލީލްތައް ކުރުމަށް ބޭނުން ކުރާ ޢާލާތްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓްތަކެކެވެ. ލެބް އިކުއިޕްމެންޓް ކެލިބްރޭޓް ޓެސްޓްތައް ހެދުމުގެ ބޭނުމަކީ ފެން ޓެސްޓް ކުރުމަށް ބޭނުންކުރާ އިކުއިޕްމެންޓްތައް މެދުވެރިކޮށް ނަގާ ރިޕޯޓް ތަކުގެ ޔަގީންކަން ކަށަވަރުކުރުމަށާއި، ފެނުގެ ޓެސްޓްތައް ކުރުމުގައި އިކުޕްމެންޓްތައް ހުންނަވާނެ ކަމަށް ބައިނަލްއަޤްވާމީ ގޮތުން ކަނޑައަޅާފައިވާ މިންގަޑުތަކާއި އެއްގޮތަށް އިކުޕްމެންޓްތައް ބެހެއްޓުމެވެ.

އަލަށް ތަޢާރަފް ކުރެވުނު މިޚިދުމަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުއައްޒަފުން މެދުވެރިކޮށެވެ. މިޚިދުމަތް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، މި ޙިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓަރސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެއެވެ.

އަދި އެމް.ޑަބްލިޔު.އެސް.ސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދިލެއްވުމުން އިކުއިޕްމެންޓް ހުރިތަނައް އެމް.ޑަބްލިޔު.އެސް.ސީގެ މުއައްޒަފުން ގޮސްގެންވެސް މި ޚިދުމަތް ލިބޭނެގޮތް ވުމަކީ ކަސްޓަމަރުންނަށް ލިބޭ ބޮޑު ލުއިފަސޭހައެކެވެ.

އެމް.ޑަބްލިޔު.އެސް.ސީއިން ކެލިބްރޭޝަން ސާވިސް ފޯރުކޮށްދޭ އިކުއިޕްމެންޓްތައް

ޕީ.އެޗް މީޓަރ - ޕީ.އެޗް ޓެސްޓް

ކޮންޑަކްޓިވިޓީ މީޓަރ - ކޮންޑަކްޓިވިޓީ ޓެސްޓް

ޓަރބިޑިޓީ މީޓަރ - ޓަރބިޑިޓީ ޓެސްޓް

އޮޓޯކްްލޭވް - ޓެމްޕަރޭޗަރ ޓެސްޓް

އިންކިޔުބޭޓަރ - ޓެމްޕަރޭޗަރ ޓެސްޓް

ރެފްރިޖަރޭޓަރ - ޓެމްޕަރޭޗަރ ޓެސްޓް

ޕިޕެޓް - ޕިޕެޓެ ޓެސްޓް

ޑިޖިޓަލް/ އިލެކްޓްރޯނިކް ބެލެންސް - ޑިޖިޓަލް/ އިލެކްޓްރޯނިކް ބެލެންސް ޓެސްޓް

ލެބް އިކުއިޕްމަންޓް ކަލިބްރޭޝަން ޙިދުމަތަށް އެދިލެއްވުމަށް، އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމަށް އަށް ޒިޔާރަތްކުރައްވައިގެން ނުވަތަ އެމް.ޑަބްލިޔު.އެސް.ސީގެ ޝޯރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅުއްވައިގެން ކުރިޔަށްގެންދެވޭނެއެވެ. ނުވަތަ ބޭނުންވާ މައުލޫމާތު[email protected]. އަށް ހިއްސާކުރަށްވައިގެން ކުރިޔަށްގެންދެވޭނެއެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުނިން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުން ބޭނުންވާ ޙިދުމަތްތަށް ފަސޭހަކަމާއެކު ފޯރުކޮށްދީ ކުރިއެރުވުމެވެ.

comment ކޮމެންޓް