ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފަށައިފި

ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފެށުން -- ފޮޓޯ/ ޕޮލިސް ކޮމިޝަަނަރު މުހައްމަދު ހަމީދު

ކުށްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ބޭނުންކުރާ ތަފާތު އުކުޅުތަކުގެ ތެރެއިން ޓޭޒާ ގަން ނުވަތަ ކަރަންޓު ބަޑި ބޭނުންކުރަން ފުލުހުން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓޭޒާ ގަން ބޭނުންކުރާނީ އެ ބޭނުންކުރުމަށް ފުރިހަމަ ކުރަންޖެހޭ ތަމްރީނު ފުރިހަމަކޮށްފައިވާ، ސާޖެންޓުން މަތީ ރޭންކުތަކުގެ އޮފިސަރުންކަމަށެވެ.

ޓޭޒާ ގަން ބޭނުންކުރަން ފަށައިފައިވަނީ މާލޭގައި ހަރަކާތްތެރިވާ ފުލުހުންގެ ހައި ވިޒިބިލިޓީ ޕޮލިސިން ޓީމުތަކުންނެވެ.

މިއީ ދިވެހި ފުލުހުންގެ ތެރޭގައި ޓޭޒަ ގަން ބޭނުންކުރަން ފެށި ފުރަތަމަ ފަހަރެވެ.

https://sun.mv/170495

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީވަނީ ޓޭޒާގަން ތައާރަފުކުރުމުގެ ބޭނުމަކީ ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކުށުގެ ވެށިން މީހަކު ހައްޔަރުކުރުމުގައި ފުލުހުންނަށް ހާލަތާ އެކަށީގެންވާ ގިނަ ގޮތްތަކެއް ފަހިކޮށްދިނުންކަމަށް ވިދާޅުވެފައެވެ.

މި ވަގުތު ފުލުހުންގެ ސްޓޮކްގައި އޭގެ 25 ޓޭޒާ ގަން ހުރި އިރު، އެ ބޭނުންކުރާނީ މިހާރު ފުލުހުން ބޭނުންކުރާ ބޮޑީ ކެމެރާއާއެކުގައެވެ.

ޓޭޒާ ގަން އެކްޓިވޭޓްވުމާއެކު އެ ފުލުހެއްގެ ބޮޑީ ކެމެރާ އާއި އެ ސަރަހައްދުގައި ތިބި އެހެން ފުލުުހުންގެ ބޯޑީ ކެމެރާތައް ލައިވްވާނެ ކަމަށް ފުލުހުން ބުންޏެވެ.

ޓޭޒާ ގަން މީހެއްގެ ގަޔަށް ޖެހުމުން ކަރަންޓު ޝޮކެއް ފޮނުވައިލައި ފަސް ސިކުންތަށް އެ މީހަކު ޕެރެލައިޒްކޮށްލާނެއެވެ. ނަމަވެސް އޭގެ ބުލެޓް އެ މީހެއްގެ ގައިން ނުނައްޓައި އަލުން ގަން ޓްރިގާކޮށްފިނަމަ އިތުރު ފަސް ސިކުންތު އިތުރުވެއެވެ. މީގެ ސަބަބުން ފުރާނައަށް ނުރައްކާވާ އެއްވެސް އަނިޔާއެއް ނުލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް