ދަމަނަވެށިން އާއްމުންނަށް ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަނީ

ދަމަނަވެށިން ކުޑަ ކުއްޖަކަށް ވެކްސިން ދެނީ: --- ފޮޓޯ: ދަމަނަވެށި

މާލޭގެ ދަމަނަވެށީގައި އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ދަމަނަވެށީގައި ކުޑަކުދިންނަށް ކޮވިޑް ވެކްސިންޖަހަން ފެށުމަށް އެތަނުން އާއްމު ޚިދުމަތްދެމުން އައި ގަޑި ތަކަށް އެންމެ ފަހުން ބަދަލު ގެނައީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ގެންނަ މި ބަދަލާ ގުޅޭ ގޮތުން ދަނަމަވެށިން ބުނީ އެ ދުވަހުން ފެށިގެން އެތަނުން އާއްމުންނަށް ފޯރުކޮށްދޭ ނުވަ ޚިދުމަތެއްގެ ގަޑިތަކަށް ބަދަލު އަންނާނެ ކަމަށެވެ.

ބަދަލު ގެންނަ ޚިދުމަތްތަކާއި ގަޑިތައް:

  • އީޕީއައި އަދި އޮޕްޝަނަލް ވެކްސިން: ހެނދުނު 8:30 އިން 14:30 އަށް
  • ކުޑަކުދިންގެ ގްރޯތްމޮނީޓަރިން:
    ހެނދުނު 8:30 އިން 14:30 އަށް
  • ޓްރެވަލް ވެކްސިން:
    ހެނދުނު 8:30 އިން 12:30 އަށް
  • އާއިލާ ރޭވުމާ ބެހޭ ޚިދުމަތްތައް:
    ހެނދުނު 8:30 އިން 14:30 އަށް
  • އާއްމު ބަލިތަކަށް ޑޮކްޓަރަށް ދެއްކުން:
    ހެނދުނު 8:30 އިން 14:30 އަށް
  • އެންސީޑީ ކްލިނިކް، ޓޮބޭކޯ ސިޒޭޝަން ކްލިނިކް، އެޑޮލަސަންޓް ކްލިނިކްގެ ޚިދުމަތް:
    ހެނދުނު 8:30 އިން 13:30 އަށް
  • ކައުންސެލިން: ހެނދުނު 8:30 އިން 13:30 އަށް
  • ސައިކޯސޯޝަލް ސަޕޯޓް ސާވިސް:
    ހެނދުނު 8:30 އިން 13:30 އަށް
  • ބޮޑެތި މީހުން އަދި ކުޑަކުދިންގެ ކޮވިޑް ވެކްސިން:
    މެންދުރު 13:30 އިން 15:00 އަށް

ދަމަނަވެށިން ބުނީ އެ ޚިދުމަތްތައް ދެމުންގެންދާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ކަމަށެވެ.

މާލޭ ހެލްތު ސެންޓަރުގެ ނަމުގައި 1984 ވަނަ އަހަރު ހުޅުވާ ޚިދުމަތް ދޭން ފެށި އެ މަރުކަޒު 2013 ވަނަ އަހަރު ދަމަނަ ވެށީގެ ނަމަށް ބަދަލުކޮށް ހިންގަމުން އަންނަނީ އާބަން ހެލްތު ކެއާ ސެންޓަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް