ހަށިވިއްކުމުގެ މައްސަލައެއްގައި ދިވެހި ފިރިހެނަކާއި ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފި

--- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހަށިވިއްކުމުގެ މައްސަލައެއްގައި ދިވެހި ފިރިހެނަކާއި ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓް ހައުސް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނަކާއި 36 އަހަރުގެ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ ހައްޔަރު ކުރީ ބިދޭސީ އަންހެނަކާ ޖިންސީ ގުޅުން ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ، ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމާއި ސްޕާތައް ފަދަ ތަންތަނުގައި މަސާޖުކޮށްދިނުމުގެ ނަމުގައި ހަށިވިއްކާ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެ މައްސަލަތައް ބޮޑުވެފައި ވަނިކޮށް، އިއްޔެ އިކޮނޮމިކް މިނިސްޓްރީން ވަނީ ސްޕާ ހިންގުމާބެހޭ ގަވައިދެއް އެކުލަވާލައި އާންމުކޮށްފައެވެ.

https://sun.mv/174318

އެ ގަވާއިދުގައި ވަނީ ރާއްޖޭގައި ހިންގަމުން އަންނަ ސްޕާ ވިޔަފާރިތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އިޝްތިހާރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

comment ކޮމެންޓް