އޮޔާ ދިޔަ ޑިންގީއަކުން ކުޑަކުއްޖަކާއި ފިރިހެނަކު ސަލާމަތްކޮށްފި

ފިރިހެނަކާއި ކުޑަކުއްޖަކާއެކު އޮޔާ ދިޔަ ޑިންގީ -- ފޮޓޯ/ އެމްއެންޑީއެފް

ލ. ގަން ހުޅަނގު ފަރާތަށް މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް އިންޖީނު ހުއްޓިގެން އޮޔާ ދިޔަ ޑިންގީއެއްގައި ތިބި ފިރިހެނަކާއި ކުޑަކުއްޖަކު ދިވެހި ސިފައިން މިއަދު ސަލާމަތްކޮށްފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މިއަދުގެ 12:50 ހާއިރުއެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ގޮސް، އެ ޑިންގީއަށް އެހީތެރިކަންފޯރުކޮށްދީފައިވާ ކަމަށެވެ.

"މި ޑިންގީ މިހާރު ވަނީ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ލ. ގަން މުކުރިމަގު އަވަށު ބަނދަރަށް ވައްދާފައި. މި ޑީންގީގައި ދަތުރުކުރި ފިރިހެންމީހާއާއި ކުޑަކުއްޖާގެ ހާލު ވެސް ރަނގަޅު،" އެމްއެންޑީއެފުން ބުންޏެވެ.

ކަނޑުމަތީގައި ހާދިސާއެއް ދިމާވާ ކޮންމެ ވަގުތަކު އެމްއެންޑީއެފުން ފަސް ޖެހުމެއް ނެތި ހަރަކާތްތެރިވަމުންދާ ކަން ފަހަގަ ކުރެވެއެވެ.

ކަނޑަށް ނުކުމެ އުޅޭއިރު ދިމާވާ ހާދިސާތަކުގެ އިތުރުން ރަށްރަށުގައި ތިބޭ ހާލު ބޮޑު ބަލި މީހުން ހެލިކޮޕްޓަރުގައި މާލެ ގެނައުމާއި އަލިފާނުގެ ހާދިސާތަކުގައި ވެސް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދެއެވެ.

comment ކޮމެންޓް