ލަންކާއަށް ބިން ހެލުމެއް އަތުވެއްޖެ

ސްރީލަންކާގެ މަގެއް -- ފޮޓޯ: ޓްރިޕްސަވީ

ސްރީ ލަންކާއަށް މިއަދު 3.0 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އަިއސްފައި ވަނީ، އެ ގައުމުގެ ވެލަވާޔާ، ބުޓާލާ އަދި ހަންޑަޕަނަގަލާ ސަރަހައްދަށެވެ.

މި ބިންހެލުމާ ގުޅިގެން އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެފައިވަނީ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މި ބިންހެލުމާ ގުޅޭ މައުލޫމާތު އަދި ލިބިފައި ނުވާ ކަމަށެވެ.

އަވައްޓެރި ސްރީލަންކާއަކީ 13،000 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.

މިދިޔަ ހޯމަ ދުވަހު ތުރުކީގެ ހުޅަނގު ދެކުނަށް ރިކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެއެވެ. މިއީ ފާއިތުވީ 84 އަހަރުތެރޭ އެ ގައުމަށް ދިމާވި އެންމެ ބޮޑު ކާރިސާކަމަށް އެ ގައުމުގެ ރައީސް ރަޖަބު ތައްޔިބު އެރުދުޣާން ވަނީ ވިދާޅުވެފައެވެ.

ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ސަރަހައްދަށް އެ ބިންހެލުން އައީ އެގައުމުގެ ގަޑިން، ފަތިހު 4:17ގައެވެ.

ރުކީއާއި ސީރިއާއިން މިހާރު ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ދެ ގައުމުގައި ފިނިގަދަވުމުގެ ސަބަބުންނާއި ކަރަންޓުގެ ޚިދުމަތް ކެނޑެމުން ދިޔުމުގެ ސަބަބުން އެ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ.

comment ކޮމެންޓް