ސަން ސިޔާމް މީޑިއާގެ ކިޓް ޕާޓްނަރަކަށް ސްވިފްޓް

ސަން ސިޔާމް މީޑިއާ އާއި ސްވިފްޓް ޕްރައިވެޓް ލިމިޓެޑް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ސަން ސިޔާމް މީޑިއާގެ ކިޓް ޕާޓްނަރަކަށް ސްވިފްޓް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަން ސިޔާމް މީޑިއާގެ ފަރާތުން އެއްބަސްވުުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ކޮންޓެންޓް އޮފިސާ މުހައްމަދު ޒަހީނެވެ. ސްވިފްޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ ތޯރިގެވެ.

މި އެއްބަސްވުމުގެ ދަށުން ސަން ސިޔާމް މީޑިއާގެ މުވައްޒަފުން ވަޒފާއަށް ބޭނުންވާ ޓީޝާޓާއި އެހެނިހެން ސާމާނު ސްވިފްޓްއިން ތައްޔާރުކޮށްދޭނެއެވެ.

މި އެއްބަސްވުމާ ގުޅިގެން ޒަހީން ވިދާޅުވީ، މިކަމަށް ސްވިފްޓް ހަމަޖެއްސީ އެތައް ގޮތަކުން ބެލުމަށް ފަހު ކަމަށެވެ.

"އެއީ މިކަމަށް އެންމެ ގާބިލު ކުންފުންޏަކީ ސްވިފްޓް ކަމަށް އަހަރެމެނަށް ގަބޫލުކުރެވޭތީ،"އޭނާ ވިދާޅުވިއެވެ.

މީގެ އިތުުރުން އޭނާ ވިދާޅުވީ، ސްވިފްޓަކީ އިތުބާރު ކުރެވޭ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށެވެ.

comment ކޮމެންޓް