ގޫގުލް ބާޑް އޭއައިއިން ދޮގު މައުލޫމާތު ފޯރުކޮށްދީ ބޮޑެތި ގެއްލުންތަކެއް

ގޫގުލް ބާޑް އޭއައިއިން ދޮގު މައުލޫމާތު ފޯރުކޮށްދީ އެކުންފުންޏަށް ބޮޑު ގެއްލުމެއް ވެއްޖެކަމަށް އޮންލައިން ރިޕޯޓްތައް ބުނެފިއެވެ.

ދަވާޖްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޫގުލް އިން ދާދި ފަހުން ނެރުނު އޭއައި ޕަވާޑް ޗެޓްބޮޓް، ބާޑް ގެ ސަބަބުން ޓެކް އިންޑަސްޓްރީގައި ހަލަބޮލިކަމެއް އުފެދުނީ ޖޭމްސް ވެބް ޓެލެސްކޯޕްއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގައި ބޮޓުން ވަރަށް ބޮޑު ގޯހެއް ހަދާފައިވާތީއެވެ. މިގޮތުން ބާޑް ވަނީ ޓެލެސްކޯޕުން ހޯދި ކާމިޔާބީތަކާ ބެހޭ ގޮތުން ދޮގު މައުލޫމާތު ލިސްޓުކޮށްފައެވެ. މި މައްސަލައިގެ ސަބަބުން އޭއައި އިން އުފައްދާ ޖަވާބުތަކަށް ބަރޯސާވުމާއި ދޮގު މައުލޫމާތު ފުޅާ ދާއިރާއެއްގައި ފެތުރުމުގެ ސަބަބުން ލިބިދާނެ ގެއްލުމާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މި މައްސަލައާ ގުޅިގެން ގޫގުލްއިން ވަނީ ބާޑްގެ ޖަވާބުތަކުގެ ސައްހަކަށް ކަށަވަރުކުރަން ފިޔަވަޅު އަޅާނެ ކަމަށް ވައުދުވެފައެވެ. އެ ކުންފުނިން ބުނީ ކޮލިޓީ އާއި ސެކިއުރިޓީ އާއި ޖަވާބުގެ ސައްހަކަން ކަށަވަރު ކުރުމަށް ޓަކައި ކުންފުނިން ބޭރުން ލިބޭ ޚިޔާލުތަކާއި އެ ކުންފުނިން އަމިއްލައަށް ހަދާ ޓެސްޓުތައް ބޭނުން ކުރާނެ ކަމަށެވެ.

އަނެއްކޮޅުން މައިކްރޮސޮފްޓުން ވަނީ މިހާރު މައިކްރޮސޮފްޓް ބިންގްގައި ހިމެނޭ އަމިއްލަ އޭއައި ޗެޓްބޮޓް، ޗެޓްޖީޕީޓީ އަށް ސަމާލުކަން ދޭން ނިންމައިފައެވެ. އަދި ބިންގްގައި ވަނީ، އޭއައިގެ ޖަވާބުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ ކުރިން ހަގީގަތް ކަށަވަރު ކުރުމަށް އިރުޝާދުދޭ ޑިސްކްލެމަރެއް ވެސް ހިމަނާފައެވެ. އޭއައި އަށް ގޯސްތަކެއް ހެދޭނެ ކަމަށާއި އިންޓަނެޓުގައި ވާ ތާޑް ޕާޓީ ކޮންޓެންޓަކީ އަބަދުވެސް ސައްހަ ނުވަތަ އިތުބާރު ކުރެވޭ ކޮންޓެންޓަކަށް ނުވެދާނެ ކަމަށް ގަބޫލުކުރުމަށް މިއެއްބަސްވުމުގައިވެއެވެ.

ގޫގުލްގެ އޭއައި އިން ސަައްހަ ނޫން މައުލޫމާތު ދިން މައްސަލައާ ގުޅިގެން އެ ކުންފުންޏަށް ވަނީ 100 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ. އެ މައްސަލަ ދިމާވުމުން ހިއްސާގެ އަގު އެންމެ ދުވަހެއްގެ ތެރޭގައި ނުވަ ޕަސެންޓް ދަށަށް ދިޔައެވެ.

މިއީ އެތައް ބިލިއަން ބަޔަކު ބޭނުންކުރާނެ އޭއައި ސިސްޓަމްތައް ތަރައްގީކޮށް ދޫކުރުމުގައި ސަމާލުކަމާއި ވިސްނުންތެރިކަމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. އޭއައި އިން ރަންކުރާ ޗެޓްބޮޓްތަކަކީ ވަރަށް ބޭނުންތެރި ޗެޓްބޮޓްތަކަކަށް ވާއިރު، އެ ޗެޓްބޮޓްތަކަކީ ސައްހަ އަދި އިތުބާރު ހިފޭ މައުލޫމާތެއް ފޯރުކޮށްދޭ ޗެޓްބޮޓްތަކެއްކަން ކަށަވަރު ކުރުމަށް ޓަކައި އެ ތަކެތި ރަނގަޅަށް ތަރައްގީކޮށް ޓެސްޓު ކުރަން ޖެހޭކަމަށް މިދާއިރާގެ ތަޖްރިބާކާރުން ބުނެއެވެ.

ބާޑް އާއި ޗެޓްޖީޕީޓީ ފަދަ އޭއައި ޕަވާޑް ޗެޓްބޮޓްތައް ފަރުމާކޮށްފައި ވަނީ ބޭނުންކުރާ މީހުންގެ ސުވާލުތަކަށް ޖަވާބު ލިބޭ ގޮތަށް ކަމަށް ވިޔަސް، އެއީ ފުރިހަމަ އެއްޗެއް ނޫން ކަމަށާއި ބައެއް ފަހަރު ދޮގު މައުލޫމާތު އުފައްދައިފާނެ ކަމަށް ގަބޫލުކުރަން ޖެހެއެވެ. އަދި އިތުބާރު ހުރި އެހެން ވަސީލަތްތަކުން މައުލޫމާތު ކަށަވަރުކުރުމަށާއި އޭއައި ސިސްޓަމްތައް ތަރައްގީކޮށް ދޫކުރުމުގައި ކުންފުނިތަކުން ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އެކި ސިނާއަތްތަކުގައި އޭއައިއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާއިރު، މި ނިޒާމުތައް ތަރައްގީކޮށް ޒިންމާދާރުކަމާއެކު ބޭނުންކޮށްގެން ފަރުދުންނާއި މުޖުތަމައަށް ލިބޭ ގެއްލުމަކުން ސަލާމަތްވުމަކީ ވަރަށް މުހިންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު