ދަމާސްގެ ރޯދަ ސޭލްއިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

ދަމާސް ހޯމްގައި ރަމަޟާން ސޭލުގައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ދަމާސްއިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދަމާސްއިން "ރަމަޟާން ސޭލް"ގެ ނަމުގައި ފެށި ސޭލްގައި، 500 ރުފިޔާއަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކުން ބައިވެރިވެވޭނެއެވެ. އެގޮތުން މި ސޭލްއިން އެއްވަނައަށް ދާ މީހަކަށް ޑިއުރޯ ފްލެކްސް ގޮދަޑިއަކާއި ބެޑްރޫމް ސެޓެއް ލިބޭނެއެވެ. އަދި ދެވަނައަށް ދާ މީހަކަށް ސޯފާ ސެޓެއް ލިބޭއިރު، ތިންވަނައަށް ދާ މީހަކަށް ޑައިނިން ޓޭބަލެއް ލިބޭނެއެވެ.

ދަމާސްގެ ރަމަޟާން ސޭލުން ލިބޭ ތަކެއްޗަށް ބަލާއިރު، ބަދިގޭ ސާމާނާއި އެކިއެކި ފަރުނީޗަރު ހިމެނެއެވެ.

ދަމާސް ހޯމްގައި ރަމަޟާން ސޭލުގައި --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ދަމާސްއިން ބުނީ، ރަމަޟާން ސޭލަކީ އަބަދު ވެސް ބޮޑު ތަރުހީބެއް ލިބޭ ސޭލްއެއް ކަމަށާއި، މި އަހަރުގެ ސޭލްއަށް ވެސް ތަރުހީބު ބޮޑު ކަމަށެވެ. އަދި މި އަހަރު އެ ސޭލްއަށް ގިނަ ދުވަސް ދެނީ ވެސް އޭގެ ސަބަބުން ކަމަށް އެ ވިޔަފާރިން ބުންޏެވެ.

ދަމާސްގެ އައުޓްލެޓްތަކުގެ ތެރޭގައި، ދަމާސް ހޯމް (ވައިލެޓް މަގު)، ދަމާސް ހާޑްވެއާ (ފާމުދޭރި މަގު)، ދަމާސް ޕެއިންޓް (ފާމުދޭރީ މަގު)، ދަމާސް އޮފީސް ފަރުނީޗާ (މަޖީދީ މަގު)، ދަމާސް ރިސޯޓްވެއާ (ކޮލި އުމަރު ގޯޅި)، އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި) ހިމެނެއެވެ.

މަޖީދީ މަގުގައި ހުންނަ ދަމާސް އޮފީސް ފަރުނީޗާގެ ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ދަމާސް ކިޗެންއަށެވެ. އެގޮތުން ދަމާސް ކިޗެންއިން އެ މީހަކު ބޭނުން ޑިޒައިނަކަށް، ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ހަދައިދޭނެއެވެ.

ދަމާސްއިން ވިޔަފާރި ކުރާ މީހުންނަށް މާލެއާއި ހުޅުމާލެގައި ހިލޭ ޑެލިވަރީ އާއި ރާވައިދިނުމުގެ ޚިދުމަތް ދެއެވެ. އަދި އަތޮޅު ތެރޭގައި ނަމަ އެރަށެއްގެ ބޯޓަކާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް