ވިލާ ޓްރޭޑިން އިން 'ޕްލެއިން ސޮލެއިލް' ބްރޭންޑުގެ ކާބޯތަކެތި ތައާރަފްކޮށްފި

ވިލާ އިން ތަޢާރަފްކުރި ޕްލެއިން ސޮލެއިލްގެ އުފެއްދުންތައް

ލުބުނާނުގެ މަޝްހޫރު ކާބޯތަކެތީގެ ބްރޭންޑް، "ޕްލެއިން ސޮލެއިލް" ވިލާ ޓްރޭޑިން އިން ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފިއެވެ.

މި ބްރޭންޑް ތައާރަފްކުރުމުގެ ގޮތުން ވިލާއިން ވަނީ ރާއްޖޭގެ އެންމެ ބާރަށް ދުވާ ދުވުންތެރިޔާ ހަސަން ސާއިދުއާ އެކު އިޝްތިހާރެއް ވެސް ކުޅެފައެވެ.

މި އިޝްތިހާރު ތައްޔާރުކޮށްފައިވަނި ހުޅުމާލޭގެ ބީޗުގައި، ކުޑަކުދިން ހިމެނޭގޮތުންނެވެ. އަދި މި އިޝްތިހާރުން ފެނިގެންދަނީ ޕްލެއިން ސޮލެއިލްގެ ގަނޑުކުރި މިކްސްޑް ބެރީސް ބޭނުންކޮށްގެން ސްމޫތީއެއް ތައްޔާރުކުރާ ތަނެވެ. މި ސްމޫތީ އަކީ ސާއިދުގެ ކަސްރަތުކުރުމުގައި ހަކަތައާއި ވަރު ޖެއްސުމުގެ ގޮތުން ބޯ ސްމޫތީއެކެވެ.

ޕްލެއިން ސޮލެއިލްގެ މިކްސްޑް ބެރީސް ބޭނުންކޮށްގެން ތައްޔާރުކުރެވޭ މި ސްމޫތީއަކީ ތައްޔާރުކޮށްލަން ފަސޭހަ އަދި ރަހަ މީރު ސްމޫތީއެކެވެ. ގަނޑުކޮށްފައި ހުންނަ އެޕެޓައިޒާސް އިން ފެށިގެން ގޮސް ގަނޑުކުރި ތަރުކާރީފަދަ ތަފާތު އެބާވަތްތައް ހުރުމުގެ ސަބަބުން ޕްލެއިން ސޮލެއިލް އަކީ ހުރިހާ އުމުރުފުރައަކަށްވެސް ހިތްގައިމު ބްރޭންޑްއެއްކަން އިޝްތިހާރުން ދައްކުވައިދެއެވެ.

ވިލާ އިން ތަޢާރަފްކުރި ޕްލެއިން ސޮލެއިލްގެ އުފެއްދުންތަކުގެ އިޝްތިހާރު

ނަވާރަ ސަތޭކަ ނުވަދިހަ ނުވަ ވަނަ އަހަރު އުފެދިގެން އައި ޕްލެއިން ސޮލެއިލް ބްރޭންޑް އަކީ ލެބަނޮންގެ ކާތަކެތި އުފައްދާ ސިނާޔަތުގައި މިވަގުތު އެންމެ މަގްބޫލު އެއް ބްރޭންޑް އެވެ. މިއީ ފުޅާ ދައިރާއެއްގައި ކާބޯތަކެތީގެ އެކި ބާވަތްތައް އުފައްދަމުން އަންނަ ކުންފުންޏެކެވެ. މީގެ ތެރޭގައި ގަނޑުކުރި ތަރުކާރީ، އެޕެޓައިޒާސް، ދަޅުގައި ހުންނަ ކާނާ، ތަފާތު ސޯސްތައް، ތަރުކާރީ ތެޔޮ، އަދި ޑެއިރީ ކާނާގެ އިތުރުންވެސް ތަފާތު ވައްތަރުގެ ކާނާ އުފައްދައެވެ.

މި ހުރިހާ ކާބޯތަކެއްޗެއްވެސް އުފައްދާފައި ވަނީ ގުދުރަތީގޮތުން އެންމެ ތާޒާހުރި އިންގްރީޑިއެންޓްސް ބޭނުންކޮށްގެންނެވެ. ޕްލެއިން ސޮލެއިލް އަކީ ދުނިޔޭގެ އަށް ގައުމެއްގައި ފުޅާ ދާއިރާއެއްގައި ހަރާތްތެރިވެ ތަކެތި ވިއްކާ ކުންފުންޏެކެވެ. އަދި މިއީ ގަނޑުކުރި ކާނާ ވިއްކާ ކުންފުންޏަކަށް ބަލާފައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ.

ޕްލެއިން ސޮލެއިލް އަކީ މިވަގުތު ވަރަށް އަވަހަށް ދައުރުވާ، ކަސްޓަމަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ.

comment ކޮމެންޓް