ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފި

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އެޗްޑީސީން ނަގަނީ --

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތައް ނަގައި ޓޯ ކުރުމުގެ މަސައްކަތް އެޗްޑީސީން މިއަދު ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ނަގަން ފަށާފައިވަނީ އިންޖީނާއި ރެޖިސްޓްރީ ބޯޑުނެތް، ގަވާއިދާ ޚިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތައް ކަމަށެވެ.

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އެޗްޑީސީން ނަގަނީ --

އެޗްޑީސީން މީގެ ކުރިން ކުރި އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ މީހުންނަށް ގިނަ ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައިވާ ހުރި އެފަދަ އުޅަނދުތައް ބަލައި ސާވޭ ރިޕޯޓެއް އެކުލަވައިލާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އެޗްޑީސީން ނަގަނީ --

އެގޮތުން ހުޅުމާލޭގެ ޕާކިން ޒޯންތަކާއި މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުރި އުޅަނދުތަކާއި ހަލާކުވެފައި ހުރި އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކަމާބެހޭ މުވައްސަސާއާ ގުޅިގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް އެޗްޑީސީން ނަގަނީ

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތަކުގެ ތެރެއިން މިއަދު ނެގި ކާރާއި ލޮރީތައް ހުރީ ވަރަށް ބޮޑަށް ބައުވެ ހަލާކުވެފައެވެ. ބައެއް އުޅަނދުތަކުގައި ދޮރުފަތާއި އިންޖީނުގެ އިތުރުން ބައެއް ބައިތައް ވެސް ނެތެވެ.

comment ކޮމެންޓް