ސޮނީ ހާޑްވެއާގެ ހޯލްސޭލް ފިހާރަ ހުޅުވައިފި

ސޮނީ ހޯލްސޭލް --- ފޮޓޯ/ ސޮނީ ހާޑްވެއާ

ހޯލް ސޭލް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ "ސޮނީ ހޯލްސޭލް"ގެ ނަމުގައި އާ ފިހާރައެއް ސޮނީ ހާޑްވެއާއިން މިއަދު ހުޅުވައިފިއެވެ.

މިއަދު ސޮނީއިން ހުޅުވި މި ފިހާރައަކީ ހޯލްސޭލްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަ، އެފަދަ ފަރާތްތަކަށް އަގުހެޔޮ ގޮތެއްގައި އެއްތަނަކުން ހުރިހާ ހާޑްވެއާ ސާމާނުތައް ލިބޭނެ ތަނެކެވެ. މިތަނުން ވިޔަފާރިކުރާ ފަރާތްތަކަށް 35 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ފިހާރައިން ލިބޭ ތަކެއްޗަށް ބަލާއިރު ހާޑްވެއާ ސާމާނު އަދި ކޮންސްޓްރަކްޝަން ދާއިރާގެ ތަކެތި ލިބޭނެއެވެ. އޭގެ ތެރޭގައި ސޮނީ ހާޑްވެއާ އިން ވިއްކާ 45 ބްރޭންޑެއްގެ 2،000 އަށްވުރެ ގިނަ ތަކެތި ހިމެނެއެވެ. އެފިހާރަތަކުން ވިއްކާ ރާއްޖޭގެ މަޝްހޫރު ބްރޭންޑުތަކަށް ބަލާއިރު، އޭބީބީ، ލެޑްވާންސް، އޮރިއެންޓް، ޑަންލޮޕް އަދި ވޯޓާ ޓެކް ހިމެނެއެވެ.

މި ފިހާރައިގެ ސަބަބުން ބޭރުގެ ތަކެތި ގަތުމުގައި ދިމާވާ އެކި ދަތިތަކާއި ޙަރަދުތައް ކަވަރުވެ، ތަކެތި ފަސޭހައިން މުޅި ރާއްޖެއިން ލިބޭނެކަމަށް އެކުންފުނިން ބުނެއެވެ.

މި ފިހާރަ ހުންނަނީ ކުރިން ބާޒާރު ސޮނީ ހާޑްވެއާ ހުންނަ އިމާރާތުގައެވެ. އެއީ މިހާރުގެ ސޯލްޓް ރެސްޓޯރަންޓް ހުންނަ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައެވެ.

ސޮނީ ހޯލްސޭލް ހުޅުވިފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 12 އަށް އަދި، މެންދުރު ފަހު 1:30 އިން ހަވީރު 6 އަށެވެ. މިފިހާރައަށް 3306350, 3306340, 3306377 ނަމްބަރުން ގުޅޭނެއެވެ. އަދި 7911234އަށް ވައިބާ ކޮށްގެންވެސް އޯޑަރު ދެވޭނެއެވެ.

comment ކޮމެންޓް