ފެންވަރު ރަނގަޅު "އެސްސީޖީ" ސިމެންތި ސޮނީ ހާޑްވެއާއިން ރާއްޖޭގެ ބާޒާރަށް ނެރެފި

ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިމެންތި އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްސީޖީއާ ގުޅިގެން، ސޮނީ ހާޑްވެއާ އިން ބާޒާރަށް ނެރުނު "އެސްސީޖީ ސިމެންތި" -- ފޮޓޯ: ސޮނީ

ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިމެންތި އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްސީޖީއާ ގުޅިގެން، ސޮނީ ހާޑްވެއާ އިން "އެސްސީޖީ ސިމެންތި" ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފިއެވެ.

އެސްސީޖީގެ މި އުފެއްދުން ތައާރަފުކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައިއެވެ.

މި ރަސްމިއްޔާތުގައި ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުންނާއި، ވިޔަފާރިވެރިންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން ސޯނީ ހާޑްވެއާގެ މެނޭޖްމަންޓާއި އެސްސީޖީ އިންޓަނޭޝަނަލްގެ ހާއްސަ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް އާ ދިރުމެއް ގެނުވާނެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ހަފްލާ ފައްޓަވައިދެއްވަމުން ސޮނީ ހާޑްވެއާގެ މެނޭޖިން ޑައިރެކްޓަރު މޫސާ ކަލީމް ވިދާޅުވީ، މި ބައިވެރިވުމަކީ ކުންފުންޏަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން އިމާރާތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

އަދި ސޮނީ ހާޑްވެއާގެ އުފެއްދުންތަކުގެ ތެރެއަށް އެސްސީޖީ ސިމެންތި އިތުރުވެގެން ދިއުމާއެކު، ރާއްޖޭގައި ކުރެވޭ އިމާރާތްކުރުމުގެ މަސައްކަތްތަކަށް އިތުރު ފަސޭހަކަމާއި، ފެންވަރު ރަނގަޅުވުމުގެ އިތުރުން އިތުބާރު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެސްސީޖީގެ ފަރާތުން އެ ކުންފުނީގެ ސީނިއާ މާކެޓިން އެކްޒެކެޓިވް މިސްޓާ ޖޭ ވަނީ އެސްސީޖީ ސިމެންތީގެ އުފެއްދުންތަކާ ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާގެ ހުށަހެޅުމުގައި، މި ސިމެންތީގެ ހުރި ޚާއްސަ ސިފަތަކާއި، ވަރުގަދަކަމުގެ އިތުރުން ޒަމާނީ އިމާރާތްކުރުމުގެ މިންގަނޑުތަކަށް މި އުފެއްދުން ފެތޭ ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ހަފްލާގެ ތެރެއިން ކުރިއަށްދިޔަ ސުވާލާއި ޖަވާބު ސެޝަނެއްގައި، އިމާރާތްކުރުމުގެ ދާއިރާގެ ބައިވެރިންނަށް އުފެއްދުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ސުވާލުތައް ސޮނީ ހާޑްވެއާ އަދި އެސްސީޖީގެ އިސްވެރިންނާ ހިއްސާކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

މި ޕެނަލްގައި މޫސާ ކަލީމްގެ އިތުރުން އެސްސީޖީގެ ވައިސް ޕްރެޒިޑެންޓް މިސްޓާ ގޭރީ އަދި މިސްޓާ ޖޭ ބައިވެރިވެވަޑައިގެންނެވިއެވެ.

https://sun.mv/224603

މި ރަސްމިއްޔާތު ނިންމާލާފައި ވަނީ ދެ ކުންފުނީގެ ދެމެދުގައިވި އާ ބައިވެރިވުން ފާހަގަކޮށް، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ކުރިމަގާ މެދު މަޝްވަރާކޮށް ގުޅުން ބަދަހިކުރުމަށް ބޭއްވި ޚާއްސަ ނެޓްވޯކިން ހަރަކާތަކުންނެވެ.

ސޮނީ ހާޑްވެއާ އާއި އެސްސީޖީ އިން ވަނީ ދިވެހި އިމާރާތްކުރުމުގެ ދާއިރާއިން އެ ކުންފުނިތަކަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް