ޓެސްލާގެ ސައިބާޓްރަކް މި އަހަރު ވެސް ނުނެރެވޭނެ

ސައިބާޓްރަކް ތައާރަފުކުރިތާ ފުރަތަމަ ހަފުތާގެ ތެރޭގައިވެސް ވެހިކަލްގެ ޕްރީ އޯޑަރުތައް 250،000އަށް ވުރެ މައްޗަށް އެރި --

ޓެސްލާގެ އެންމެ އުންމީދީ އިލެކްޓްރިކް ވެހިކަލް "ސައިބާޓްރަކް" 2024 ވަނަ އަހަރާ ހަމައަށް މާސް ޕްރޮޑަކްޝަނަކަށް ނުވަތަ އާންމުންނާ ހިސާބަށް ނާންނާނެ ކަމަށް އެ ކުންފުނިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ޓެސްލާގެ ސީއީއޯ އީލޮން މަސްކް އެންމެ ފުރަތަމަ 2019 ވަނަ އަހަރު އިފުތިތާހުކުރި އިލެކްޓްރިކް ޕިކަޕް ޓްރަކްގެ ގިނަ ފޭނުންނަށް މި ޚަބަރު ލިބުނީ މާޔޫސްކަމެއްގެ ގޮތުގައެވެ.

ތަފާތު ޑިޒައިނެއް ހިމެނޭ ސައިބާޓްރަކް ތައާރަފުކުރިތާ ފުރަތަމަ ހަފުތާގެ ތެރޭގައިވެސް ވެހިކަލްގެ ޕްރީ އޯޑަރުތައް 250،000އަށް ވުރެ މައްޗަށް އަރާފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ވެހިކަލް ބާޒާރަށް ގެނައުމަށް އެ ކުންފުންޏަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެ ޚާއްޞަ ޕްރޮޑަކްޝަން ނެރެން ހަމަޖެހިފައިވާ ތާރީޚު އެތައް ފަހަރެއްގެ މަތިން ވަނީ ފަސްކޮށްފައެވެ.

ޓެސްލާއިން ބުނި ގޮތުގައި ސައިބާޓްރަކްގެ ޑިޒައިނުގައި ހުރި ގޮންޖެހުންތަކާއި އުފެއްދުމުގައި ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން ލަސްވަނީއެވެ. އެ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފެންވަރު ރަނގަޅު އުޅަނދެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްރޮޑަކްޝަން ލަސްވި ނަމަވެސް ޓެސްލާ އިން ސައިބާޓްރަކްގެ ގާބިލުކަމާ މެދު ފަޚުރުވެރިވާއިރު، އެ ކުންފުނިން ބުނީ ޕިކަޕް ޓްރަކް މާކެޓުގައި މި ވެހިކަލަކީ ބޮޑު ބަދަލަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ޓެސްލާގެ މި ސައިބަޓްރަކްގައި އެއް ުފަހަރު ޗާޖުކޮށްގެން 500 މޭލަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކުރެވޭނެއެވެ. އަދި 14،000 ޕައުންޑްގެ ޓޯވިން ކެޕޭސިޓީއެއް ލިބޭނެ ކަމަށް ބެލެވޭ އިރު، މިއީ ގިނަ ސްޓޭންޑަޑް ޕިކަޕް ޓްރަކްތަކާ އަޅާބަލާއިރު، ވަރަށް ބޮޑު އަދަދެކެވެ.

ޓެސްލާގެ މި ވެހިކަލް ނެރުން ލަސްވި ޚަބަރާއެކު ސަޕޯޓަރުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ ފަރާތުން ވަނީ ޓެސްލާއަށް ތަފާތު ފާޑުކިޔުންތައް އަމާޒު ކޮށްފައެވެ. ބައެއް މީހުން މާޔޫސްވެފައި ތިބި ނަމަވެސް އަދިވެސް ސައިބާޓްރަކަށް އޮތް ޝައުގުވެރިކަމަށް ބަދަލެއް ނާންނަ ކަމަށް އެ މީހުން ބުނެއެވެ. އަނެއް ބަޔަކު ވަނީ ވެހިކަލްގެ ޕްރޮޑަކްޝަން ޓައިމްލައިނާއި ޓެސްލާއިން ވައުދުވެފައިވާ ސްޕެކްތައް އެ އުޅަނދުގައި ފުރިހަމަވާނެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސައިބާޓްރަކްގެ މާސް ޕްރޮޑަކްޝަން ފަށާނެ ރަސްމީ ތާރީޚެއް ޓެސްލާއިން އަދި އިއުލާން ނުކުރި ނަމަވެސް އެ ކުންފުނިން ބުނީ 2024 ވަނަ އަހަރުގެ ފަހުކޮޅު ކަސްޓަމަރުންނަށް ވެހިކަލް ޑެލިވަރީ ކުރަން ފަށާނެ ކަމަށެވެ.

ޓެސްލާ އަކީ ދުނިޔޭގައި އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދާ މައި ކުންފުންޏަށްވާއިރު، އެ ކުންފުނިން އުފައްދާ އީވީ މޮޑެލްތަކުގެ ތެރޭގައި މޮޑެލް އެސް، މޮޑެލް 3، މޮޑެލް އެކްސް، އަދި މޮޑެލް ވައި ހިމެނެއެވެ. ޓެސްލާގެ އޮޓޯޕައިލެޓް ފަދަ އީޖާދީ ފީޗާތަކުގެ ސަބަބުންނެވެ.

ދެހާސް ވިހި ވަނަ އަހަރު ޓެސްލާއިން ވަނީ ބައި މިލިއަނަށް ވުރެ ގިނަ އުޅަނދު އުފައްދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު