މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެމީހުން ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައެއްގައި ދެ މީހުން ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފިއެވެ.

ދެ މީހުންގެ ވީޑިއޯ އާންމުކޮށް ފުލުހުން ކޮށްފައިވާ އިއުލާނުގައި ވަނީ، އެއީ ފުލުހުންގެ އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދާ ދެމީހުން ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން ވެސް އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާކަމަށް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން، ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048އަށް ގުޅާ އެކަން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް