'އޭ ޣާފިލުވެފައިވާ ޒުވާނާ' ދަރުސް މާދަމާ ރޭ ވިލިމާލޭގައި

ޝެއިހް އިބްރާހިމް ފަރީދު ދެއްވި ދަރުހުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ވިލިމާލޭގެ ޒުވާނުން އިސްނަގައިގެން ބާއްވާ "އޭ ޣާފިލުވެފައިވާ ޒުވާނާ" ދަރުސް މާދަމާ ރޭ އެ އަވަށުގައި އޮންނާނެއެވެ.

ޒުވާނުންނަށް ޚާއްސަކޮށްގެން ބާއްވާ މި ދަރުސް ދެއްވާނީ އައްޝައިހް އިބްރާހިމް ފަރީދު އަހުމަދެވެ. މިއީ ކޮވިޑުގެ ތެރެއިން މެދުކެނޑުމަކަށް ފަހު އޭނާ ދެއްވާ ފުރަތަމަ ދަރުހެވެ.

މިއީ ވައިޑީ ސްޕޯޓްސް ކްލަބާއި ވިލިމާލޭ ޖަމިއްޔާތައް ގުޅިގެން ބާއްވާ މިފަދަ ދެވަނަ ދަރުހެވެ. މާދަމާ ރޭ މި ޚާއްސަ ދަރުސް އޮންނާނީ ވިލިމާލޭ ބަނދަރު ސަރަހައްދުގައި 20:45ގައެވެ. މި ދަރުހަށް ވިލިމާލޭގައި ދިރިއުޅޭ ވީހާވެސް ގިނަ މީހުން ދިއުމަކީ ދަރުސް އިންތިޒާމުކުރާ ޒުވާނުންގެ ވަރަށް ބޮޑު އެދުމެކެވެ.

މީގެ ކުރިން ވެސް އެ އަވަށުގައި ވަނީ "ދުނިޔެ ފަނާވުން" ނަމުގައި ޝައިހް ފަރީދުގެ ދަރުހެއް ބާއްވައިފައެވެ. އެ ދަރުސް ބާއްވާފައިވަނީ އެ އަވަށުގައި ދަރުހެއް ނުބާއްވާތާ 11 އަހަރު ފަހުން މިދިޔަ 2021ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

comment ކޮމެންޓް