ޅެން ހެދުމުގެ މުބާރާތުގައި ފާހަގަވި ކަންކަން ހާމަކުރުމަށް ބޭއްވި ބައްދަލުވުމަށް ބޮޑު ތަރުހީބެއް

އެކެޑަމީން ބޭއްވި ޅެން ހެދުމުގެ މުބާރާތަށް އިންސާފުކުރެއްވި ފަނޑިޔާރުން ފާހަގަކުރެއްވި ކަންކަން ހާމަކުރުމަށް ބޭއްވި މައުލޫމާތު ދިނުމުގެ ދަންފަޅީގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ/ދިވެހި ބަހުގެ އެކެޑަމީ

މިދިޔަ އަހަރު ބޭއްވި ގައުމީ އަދަބީ ބައެއް މުބާރާތްތަކުގެ ތެރެއިން ޅެން ހެދުމުގެ މުބާރާތަށް އިންސާފުކުރެއްވި ފަނޑިޔާރުން ފާހަގަކުރެއްވި ކަންކަން ހާމަކުރުމަށް ބޭއްވި މައުލޫމާތު ދިނުމުގެ ދަންފަޅީގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ، ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް ދިވެހި ބަހުގެ އެކެޑަމީން ބުނެފިއެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ، މިރޭ ބޭއްވި މައުލޫމާތު ދިނުމުގެ ދަންފަޅީގައި 80 އަށްވުރެ ގިނަ ސްކޫލުން 4000އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށެވެ.

ޅެން ހެދުމުގެ މުބާރާތަށް އިންސާފުކުރެއްވި ފަނޑިޔާރުން ފާހަގަކުރެއްވި ކަންކަން ހާމަކުރުމަށް ބޭއްވި މައުލޫމާތު ދިނުމުގެ ދަންފަޅީގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ/ދިވެހި ބަހުގެ އެކެޑަމީ

އެކެޑަމީން ބުނީ މާދަމާ ރެއާއި ބުރާސްފަތި ދުވަހުގެ ރޭ ވެސް މިފަދަ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށާއި އެ ބައްދަލުވުންތައް އޮންނާނީ މަޒުމޫނާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި ބައިވެރިވި ކުދިންނާއެކު ކަމަށެވެ. އެ ދެ ބައްދަލުވުމަށް ވެސް ބޮޑު ތަރުހީބެއް ލިބޭނޭކަމަށް އުއްމީދުކުރާ ކަމަށް އެކެޑަމީން ބުންޏެވެ.

ވާހަކަ ލިޔުމާއި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވި ކުދިން ޅެންހެދުމުގެ މުބާރާތުގައި ބައިވެރިވި ކުދިންނަށްވުރެ ގިނަކަން އެކެޑަމީން ފާހަގަކުރިއެވެ.

ޅެން ހެދުމުގެ މުބާރާތަށް އިންސާފުކުރެއްވި ފަނޑިޔާރުން ފާހަގަކުރެއްވި ކަންކަން ހާމަކުރުމަށް ބޭއްވި މައުލޫމާތު ދިނުމުގެ ދަންފަޅީގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ/ދިވެހި ބަހުގެ އެކެޑަމީ

ދިވެހިބަހުގެ އެކެޑަމީން ވަނީ، މިދިޔަ އަހަރު ބޭއްވި ގައުމީ ޅެން ހެދުމުގެ މުބާރާތާއި، ވާހަކަލިޔުމާއި މަޒުމޫނު ލިޔުމުގެ މުބާރާތުގެ ނަތީޖާ، މި މަހުގެ 20ވަނަ ދުވަހު ބާއްވާ ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި އިއުލާންކުރަން ނިންމާފައެވެ.

މި ޖަލްސާއާ ބެހޭގޮތުން ދިވެހި ބަހުގެ އެކެޑަމީން ބުނެފައި ވަނީ، ޅެންވެރިންގެ ދުވަހަކީ މި މަހުގެ 15 ނަމަވެސް، އެ ދުވަހަކީ ސްކޫލް ދުވަހަކަށް ވުމުން ރަށްރަށުގައި ކިޔަވާ ދަރިވަރުންނަށް މާލެ އައުމަށް ދަތިވާނެ ކަމަށެވެ.

ޅެން ހެދުމުގެ މުބާރާތަށް އިންސާފުކުރެއްވި ފަނޑިޔާރުން ފާހަގަކުރެއްވި ކަންކަން ހާމަކުރުމަށް ބޭއްވި މައުލޫމާތު ދިނުމުގެ ދަންފަޅީގައި ބައިވެރިވި ބައެއް ދަރިވަރުން-- ފޮޓޯ/ދިވެހި ބަހުގެ އެކެޑަމީ

އެހެންކަމުން ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ 20ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމީ ކަމަށް އެކެޑަމީން ބުންޏެވެ.

އެ ދުވަހުގެ ރަސްމީ ޖަލްސާގައި ނަތީޖާ ފާޅުކުރަން ހަމަޖެހިފައިވަނީ މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37ވަނަ ޤައުމީ މުބާރާތާއި، އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނި ތައްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34ވަނަ ޤައުމީ މުބާރާތާއި، ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25ވަނަ ޤައުމީ މުބާރާތުގެ ނަތީޖާއެވެ.

comment ކޮމެންޓް