ޑުރަގާއެކު ފޯކައިދޫން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ށ. ފޯކައިދޫ --

މަސްތުވާތަކެއްޗާއެކު ށ. ފޯކައިދޫން ހައްޔަރުކުރި ދެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ފޯކައިދޫ ޕޮލިހަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ހުކުރު ދުވަހު ހައްޔަރު ކުރީ 47 އަހަރާއި 20 އަހަރުގެ ދެ މީހުންނެވެ.

އޮފިޝަލް ވިދާޅުވީ އެމީހުން ހައްޔަރު ކުރުމަށް ފަހު ބަންދާމެދު ގޮތެއް ކަނޑައަޅަން ހޮނިހިރު ދުވަހު ކޯޓަށް ހާޒިރު ކުރުމުން ދެމީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފޯކައިދޫ ކައުންސިލް މެންބަރަކު 'ސަން'އަށް ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކީ އެ ރަށު ސުކޫލްގެ ޕްރައިމަރީ ޓީޗަރެއް ކަމަށެވެ. އަދި އޭނާ އެ ރަށު ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި ކިޔަވާދެމުންދާތާ 12 ވަރަކަށް އަހަރުވެފައިވާ ކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ.

comment ކޮމެންޓް