މުވައްޒަފުންގެ އިންޝުއަރެންސް ހުއްޓައެއް ނުލަން: ކަރެކްޝަންސް

މާފުށީ ޖަލު އޮފިސަރުން ގާނޫނު ތަކަށް އަހުލުވެރި ކުރުވުން --- ފޮޓޯ/ ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ދެމުން އައި އިންޝުއަރެންސްގެ ޚިދުމަތް ހުއްޓައިލައިފައިވާކަމަށް ބުނެ ދެކެވެމުން އަންނަނީ ދޮގު ވާހަކައެއްކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

ކަރެކްޝަންސްގެ ދަށުން މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންނަށާއި ރިހެބިލިޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އިންޝުއަރެންސް އެއްކޮށް ކަނޑައިލިކަމަށް ބުނެ އިއްޔެ ބައެއް މީޑިއާތަކުން ވަނީ ޚަބަރު ފަތުރައިފައެވެ.

އެކަމާ ގުޅިގެން "ސަން"އާ މިއަދު ވާހަކަދައްކަވަމުން އެ އިދާރާގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު ވިދާޅުވީ، ކަރެކްޝަންސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް އަބަދުވެސް އިންޝުއަރެންސް ދެމުން އަންނަކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ވެސް ކުންފުންޏަކާއެކު އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށް އެ ޚިދުމަތް ދީފައިވާކަމަށް ޔުސްރީން ވިދާޅުވިއެވެ.

"ދެން މިހާރު އަނެއްހެން އަހަރު ނިމުނީމާ ކޮންޓްރެކްޓު ހަމަވެފައިތާ އިންނާނީ. ދެން އެ ކަމަކު އެހެން ފަރާތަކާއެކު އިންޝުއަރެންސް ޚިދުމަތް ފެށުމުގެ މަސައްކަތް ކުރިއަަށްދަނީ. އެ ކަން ފައިނަލް ނުވެގެން މި އުޅެނީ،" ޔުސްރީން ވިދާޅުވިއެވެ.

ޔުސްރީން ވިދާޅުވީ އިންޝުއަރެންސް އާ ކޮށްދިނުމުގައި ލަސްތަކެއް ދިމާވަނީ އެ ސަބަބާ ހުރެ ކަމަށެވެ.

ހަމައެއާއެކު އެ ޚިދުމަތް ދިނުމުގައި އެ ސާވިސަސްގެ އެއްވެސް ސެކްޝަނެއް ތަފާތު ނުކުރާނެކަމަށް ވިދާޅުވިއެވެ.

އަދި އިންޝުއަރަންސް ކަނޑާލިކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް