ކަރަންޓު ވިއުގަ އަޕްގްރޭޑްކުރާތީ މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓުކެނޑިދާނެ

ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެދަށުން، ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ހެނދުނު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މަސައްކަތް ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން 11:00 އަށެވެ.

އެގޮތުން މަސައްކަތް ކުރިއަށްދާ ވަގުތު މާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

މައްޗަންގޮޅީގެ އަމީނީމަގާއި، ބުރުޒުމަގު އަދި އާމިނަ ރަނި ހިނގުމާއި، ރަށްދެބައި ހިނގުމުގެ އިތުރުން، ލޮނުޒިޔާރަތް މަގާއި، ސިއްތި މާވާ ހިނގުމުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް