ގޭމްކުޅޭ ފަރާތްތަކަށާއި، ކުރީގެ މުސްކުޅި ޕީސީތައް ގެންގުޅޭ ފަރާތްތަކަށް ޚާއްޞަކޮށްގެން އޯޕަންސޯސް ވިންޑޯސް 10ގެ އެޓްލަސް އޯއެސް ނެރެފިއެވެ.
އެޓްލަސްއޯއެސް އަކީ ވިންޑޯޒް 10ގެ "އޯޕަން ސޯސް" މޮޑިފިކޭޝަނެކެވެ. މިއީ އެންމެ މަގުބޫލު ޕީސީ އޮޕަރޭޓިން ސިސްޓަމްގެ ރީޑިޒައިންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
އެޓްލަސް ބޭނުންކުރާ ފަރާތްތަކަށް ފްރޭމް ރޭޓް މަތިވެ އިންޕުޓް ޑިލޭ އާއި ލެޓެންސީ ދަށްކުރެވޭނެ ކަމަށް މި އޮޕަރޭޓިން ސިސްޓަމް އުފެއްދި ޑިވެލޮޕަރުން ބުނެއެވެ. އަދި މި ވާޝަންގެ އޯއެސް ރިކުއާމަންޓްތަކަކީ ދަށް ނުވަތަ ކުރީގެ ޕީސީތަކަށާއި، މަތީ ފަންތީގެ ގޭމިން މެޝިންތައް ބޭނުންކުރާ މީހުންނަށް ވެސް ވަރަށް ރަނގަޅު ޝަރުތުތަކެކެވެ.
ޕްރޮޖެކްޓްގެ ރަސްމީ ސައިޓުގައި ހުށަހަޅާފައިވާ ފަދައިން، އެޓްލަސްއޯއެސްގެ މައިގަނޑު ސިފަތަކުގެ ތެރޭގައި ސީޕީޔޫގެ ކޮމްޕިއުޓިން ސްޓްރެސް ކުޑަކުރުމަށް ރަނިންގ ޕްރޮސެސްތައް މަދުކޮށް، އެއްފަހަރާ ސިސްޓަމް ލެޓެންސީ ދަށްކުރުން ހިމެނެއެވެ. ވިންޑޯޒްގެ ރަސްމީ ފޮޓޯތަކާ އަޅާބަލާއިރު އޯއެސް އައިއެސްއޯ ވަރަށް ކުޑަކަމުން ސްޓޯރޭޖް ސްޕޭސް ގިނައެވެ.
"ސްޓޮކް" ވިންޑޯޒް 10 21އެޗް1 ވާޝަނާ އަޅާ ކިޔާއިރު، އެންމެ ފަހުން ނެރުނު އެޓްލަސްއޯއެސް (0.5.2) ރަން ކުރާ ޕްރޮސެސްތަކުގެ އަދަދު 185 އިން ގާތްގަނޑަކަށް 35 އަށް ކުޑަކޮށްދެއެވެ. އަދި 1.5 ޖީބީން 600 އެމްބީއަށް ގޮސް، ރޭމް ބޭނުންކުރާ މިންވަރު ވެސް ވަރަށް ބޮޑަށް ދަށްކުރެއެވެ. އެޓްލަސްއޯއެސް ގެ އުފެއްދުންތެރިން "ސްޓިކީ ޓޮޕިކް" ގެ ގޮތުގައި ސިފަކުރާ ޕްރޮސެސް ލެޓެންސީ ވެސް 3.09 އިން 2.55 އަށް ދަށަށް ދެއެވެ.
އެޓްލަސް އިން ގޭމިން ޕާފޯމަންސަށް ނޭދެވޭ އަސަރުކޮށްފާނެ "ވިންޑޯޒް"ގެ ހުރިހާ ނެގެޓިވް އުނިކަމެއް" ނައްތާލާއިރު، ސިސްޓަމް އަދި ނެޓްވޯކް ލެޓެންސީ އަދި އިންޕުޓް ލެގް އެއްފަހަރާ ރަނގަޅުކުރާ ކަމަށް ޕްރޮޖެކްޓްގެ އޮފިޝަލް ގިޓްހަބް ޕޭޖުން ބުނެއެވެ.
އެޓްލަސް އޯއެސްގެ ބޭނުންތެރިކަމާ މެދު ސުވާލު އުފެދޭނެ ޖާގައެއްނެތެވެ. އެހެނީ ގޭމް ކުޅޭ މީހުންނާއި އެންމެ ވަރުގަދަ ހާޑްވެއާ ގަންނަން ޝައުގުވެރިވާ މީހުންވެސް މިހާރުވަނީ މި އޯއެސް ބޭނުންކުރަން ފަށާފައެވެ. އަދި އެންމެ ކުރީގެ މުސްކުޅި ޕީސީ" ގައި ވެސް ވިންޑޯޒް 10 ބޭނުންކުރެވޭނެ ގޮތްވުމަކީ އަދި އެއަށްވުރެ މާ ބޭނުންތެރި ކަމެކެވެ.
އެކަމަކު އަސްލު ވިންޑޯޒް 10ގެ ފުލް ވާޝަން އަކާއި އަޅާ ބަލާއިރު މޮޑިފައި ކޮށްފައިވާ މި އެޓްލަސް އޯއެސް އިން ފީޗާތައް މަދުވެފައި، އަދި ސެކިއުރިޓީ ފީޗާވެސް ކުޑަވުމުގެ ސަބަބުން މިއީ ގޭމް ކުޅޭ ފަރާތްތަކަށާއި އާންމު ފަރާތްތަކަށްވެސް މާ ރަނގަޅު ޗޮއިސްއެއް ކަމަށް ނުބެލެވޭކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މި ޕްރޮގްރާމް އުފެއްދި މީހުން ބުނަނީ އިތުރަށް ތަރައްޤީ ކޮށް ގިނަބަޔަކަށް ކަމުދާ އެއްޗަކަށް މި އޯއެސް ހެދުމުގެ އުންމީދު އޮތް ކަމަށެވެ.