ބަންގަލަދޭޝް ބަލިކޮށް ރާއްޖެ ފައިނަލަށް

ރާްއްޖޭގެ ބީޗް ވޮލީ ޓީމާއި ބަންގަލަދޭޝް ބީޗު ވޮލީ ޓީމު--- ފޮޓޯ/ ވީއޭއެމް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ ސެމީ ފައިނަލުގައި، މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ފައިނަލުން ޖާގަ ހޯދީ ރައްޖޭގެ އާދަމް ނަސީމް އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)ގެ ޕެއާއެވެ. މާދަމާ ކުޅޭ އެ މުބާރާތުގެ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ނިކުންނާނީ ނޭޕާލްއެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ ސެމީ ފައިނަލުން ޖާގަ ހޯދީ އެ މުބާރާތުގައި ރާއްޖޭން ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ވާދަކުރީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫއާއި ޒީންބެކް އޫލޫއާ ދެކޮލަށެވެ. މި މެޗު ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ކުރީ 12-21 އިން ދެ ސެޓު ވެސް ކާމިޔާބު ކޮށްގެންނެވެ.

ދެވަނަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ކުޅެން ޖެހުނީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ވެސް ފަސޭހަކަމާއެކު ރާއްޖޭގެ ޕެއާ ކާމިޔާބުކުރިއިރު، މި މެޗުގެ ސެޓުތައް ގެންދިޔައީ 21-09، 21-09 އިންނެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖޭގެ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ވެސް ވަނީ ބައިވެރިވެފައެވެ. މި ޕެއާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ނޫރު ނަބީއާއި ޝައިފުއްދީންގެ ޕެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރުއާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ ބަލިވެފައެވެ.

comment ކޮމެންޓް