ޖަޕާނުގެ އައިޗީ-ނަގޯޔާ ގައި ކުރިއަށްދާ އޭޝިއަން ގޭމްސް 2026 ގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމު ކުޅުނު ފަހު މެޗުގައި މޮންގޯލިއާ ބަލިކޮށް، މޮޅަކާއެކު ގޭމްސް ނިންމާލައިިއެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގައި ދިވެހި އަންހެން ޕެއާ އާމިނަތު އަރީޝާއާއި ފާތުމަތު އަނާލް ވާދަކުރީ މޮންގޯލިއާގެ ސޮލްމޯން ބަޓްޖަރްގަލް އަދި ހަންޑްސުރެންގަންޓޮގްޓޮކްގެ ޕެއާއާއެވެ.
އޭޝިއަން ގޭމްސްގައި މޮންގޯލިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެމްއޯސީ އަރީޝާއާއި އަނާލް މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ދިވެހި ޓީމުގެ މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގެ ސެޓުތައް ނެގީ 21-14, 21-15 އިންނެވެ.
ބީޗްވޮލީ އަންހެން ޓީމު އެއް މޮޅާއެކު މިފަހަރުގެ އޭޝިއަން ގޭމްސް ނިންމާލިއިރު ބީޗްވޮލީ ފިރިހެންޓީމަށް މި ގޭމްސްގައި މެޗެއް ކާމިޔާބުކުރެވިފައި ނުވެއެވެ.
މި މެޗުތަކަށްފަހު ބީޗްވޮލީ ޓީމު އަނބުރާ ރާއްޖެ ދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގައެވެ.