ދަމާސްގެ ބޮޑު ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ނިމޭނެ!

ދަމާސްގެ އިންޑެކްސް ފަރުނީޗާ

މި މަހުގެ އެއް ވަނަ ދުވަހު ދަމާސް އިން ފެށި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ "ވާވް ސޭލް" ޕްރޮމޯޝަން އަންނަ ހޮނިހިރު ދުވަހު ނިމޭނެއެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެ ކުންފުނިން ވިއްކާ ހުރިހާ އައިޓަމުތަކުން ވެސް 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކޮންމެ ހަފުތާއަކު އެކި ނަސީބުވެރިން ހޮވައެވެ.

އެގޮތުން ހަފުތާގެ ގުރުއަތުގައި ބައިވެރިވެވޭނީ 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށެވެ. 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރުމުން އެ މީހަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.

ދަމާސްގެ "ވާވް ސޭލް" 2022

މި ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މާކެޓިން މެނޭޖަރު މުހައްމަދު ޝަޒީލް ވިދާޅުވީ ވާވް ސޭލަށް ބޮޑު ތަރުޙީބެއް ލިބޭ ކަމަށެވެ.

ދަމާސްގެ ވާވް ސޭލްގައި އެ ކުންފުނީގެ ދަމާސް އެކްސްޕްރެސް ވެބްސައިޓުން ވެސް ބައިވެރިވެވޭނެއެވެ.

ދަމާސްގެ އައުޓްލެޓް ތަކުގެ ތެރޭގައި، ދަމާސް ހޯމް (ވައިލެޓް މަގު)، ދަމާސް ހާޑްވެއާ (ފާމުދޭރި މަގު)، ދަމާސް ޕެއިންޓް (ފާމުދޭރީ މަގު)، ދަމާސް ކިޗެން (މަޖީދީ މަގު)، ދަމާސް ރިސޯޓްވެއާ (ކޮލި އުމަރު ގޯޅި)، އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި) ހިމެނެއެވެ.

ދަމާސް އިން ވިޔަފާރި ކުރާ މީހުންނަށް މާލެ އަދި ހުޅުމާލެގައި ނަމަ ހިލޭ ޑެލިވަރީ އަދި ރާވައިދިނުމުގެ ޚިދުމަތް ދެއެވެ. އަދި އަތޮޅު ތެރޭގައި ނަމަ އެރަށެއްގެ ބޯޓަކާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް އަހަރު ނިންމުމުގެ ގޮތުން ދަމާސްއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ސޭލަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް