މާލެއިން ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދާ މުހައްމަދު އަނީސް --- ފޮޓޯ/ ފުލުހުން

މާލެއިން 32 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ރިޕޯޓް ކުރުމުން އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.

ފުލުހުން ވަނީ އޭނާގެ ވަނަވަރު މިއަދު ހެނދުނު އާއްމުކޮށްފައެވެ. ގެއްލިގެން ހޯދަމުން ދަނީ ލ. މާވަށް، ކުންނާރުމާގެ މުހައްމަދު އަނީސްއެވެ.

ފުލުހުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަނީސްގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް