އެންމެ ގިނަ ބަޔަކު މިވަގުތު ބަލަނީ ގްލާސް އަނިއަން

ޖޭމްސް ބޮންޑުގެ ރޯލުން އެތައް އަހަރެއް ވަންދެއް ފެނިގެން ގޮސްފައިވާ ޑެނިއެލް ކްރެއިގް ލީޑުން ފެންނަ "ނައިވްސް އައުޓް"ގެ ސީކުއެލް "ގްލާސް އަނިއަން" ބޮޑު ހިޓަކަށް ވެއްޖެއެވެ.

ނެޓްފްލިކްސް އިން 2019 ގައި ރިލީޒްކުރި މާޑާ މިސްޓްރީ ފިލްމު "ނައިވްސް އައުޓް"ގެ ދެވަނަ ބައެއް ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ފުރަތަމަ ފިލްމާ ހިލާފަށް މުޅިން އާ ވާހަކައެއް ދައްކައިދޭ މި ފިލްމުގައި ކްރެއިގް ނޫން މުޅި ކާސްޓަކީ އާ ކާސްޓެކެވެ.

ފުރަތަމަ ފިލްމު ބޮޑު ހިޓަކަށް ވެގެން ގޮސްފައިވަނީ ބެލުންތެރިން އެއްވެސް ވަރަކަށް ހީނުކުރާ ފަދަ ބޮޑެތި ޓްވިސްޓުތައް ފިލްމުން ފެނިގެން ގޮސްފައިވާތީއެވެ. އަދި ހުސް އޭލިސްޓު ތަރިންގެ ކާސްޓެއް ހިމެނިފައިވާތީ ފިލްމުގެ މަގުބޫލުކަން އިތުރުވެގެން ދިޔައެވެ.

https://twitter.com/FilmUpdates/status/1607400671476862982

ހަމައެފަދައިން މިފަހަރުގެ ފިލްމުގެ ކާސްޓުވެސް ވަރަށް ވަރުގަދައެވެ. އޭގެތެރޭގައި ކޭޓް ހަޑްސަން އާއި ޖެނެލްް މޮނޭގެ އިތުރުން ކެތުރީން ހާން އާއި ޖެސިކާ ހެންވިކް އާއި ޑޭވް ބޯޓިސްޓާ އަދި މެޑިލިން ކްލައިން އާއި އެޑްވާޑް ނޯޓޮން ހިމެނެއެވެ.

މީގެ އިތުރުން, އީތަން ހޯކް އާއި ސެރީނާ ވިލިއަމްސް އާއި ޖޮސެފް ގޯޑޮން ލެވިޓް ފަދަ ބޮޑެތި އެކްޓަރުން ވަނީ ފިލްމުގައި ކެމިއޯއެއް ދައްކާލާފައެވެ.

މި ފިލްމު ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލުވެ ގިނަ ބަޔަކު ބަލަމުން އަންނަ ފިލްމަކަށް ވެފައެވެ. މި ފިލްމު މިހާރު އޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ނެޓްފްލިކްސްގެ ފިލްމު ޗާޓުގެ އެއްވަނައިގައެވެ.

ސިނަމާތަކުގައި ވެސް ކުޑަ ދުވަސްކޮޅަކު ދައްކާފައިވާ މި ފިލްމަކީ ރިއަން ޖޯންސް ލިޔެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ 40 މިލިއަން ޑޮލަރުގެ ބަޖެޓެއްގެ ފިލްމެކެވެ.

comment ކޮމެންޓް