ޓުއާ ޓިކެޓާއެކު ޓޭލާ ބިލިއަނަރަކަށް ވެދާނެ!

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ޓުއާގެ ޓިކެޓުތައް ވިއްކައިގެން ލިބޭ އާމްދަނީއާއެކު އޭނާ ބިލިއަނަރަކަށް ވުން އެކަށީގެންވާ ކަމަށް ލަފާކޮށްފިއެވެ.

ފޯބްސްގެ މިލިއަނަރުންގެ ލިސްޓުގައި ޓޭލާ ހިމެނޭއިރު އޭނާގެ މިލްކިއްޔާތު 570 މިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްސް އިން ލަފާކުރެއެވެ.

ނޮދާން އީސްޓް ޔުނިވާސިޓީގެ ކޯޑިނޭޓަރެއް އަދި މިއުޒިކް އިންޑަސްޓްރީ ޕްރޮގްރާމް ކޯޑިނޭޓަރެއް ކަމަށްވާ ޑޭވިޑް ހާލިހީ ބުނާގޮތުގައި ޓޭލާގެ "އެރާސް" ޓުއާގެ ޓިކެޓު ވިއްކައިގެން އެކަނިވެސް އޭނާ އަށް 620 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުން އެކަށީގެންވާ ކަމަށެވެ.

ބިލްބޯޑްސް އިން ލަފާކުރާ ގޮތުގައި ޓޭލާއަށް ލިބޭނީ 591 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. އޭގެތެރެއިން ޓޭލާގެ ޓިކެޓު ވިއްކާ ޕްލެޓްފޯމް ޓިކެޓް މާސްޓާސް އަށް ފީއެއްގެ ގޮތުގައި 12.9 މިލިއަން ޑޮލަރު ދޭން ޖެހެއެވެ. އެ ފީ ދެއްކުމުން ވެސް ޓޭލާއަށް ޓުއާ ޓިކެޓުން 500 މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެއެވެ. މާނައަކީ ޓުއާއަށް ފަހު ޓޭލާގެ މިލްކިއްޔާތު އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެއެވެ.

ޓުއާ ޓިކެޓުތަައް ވިއްކަމުން ދާއިރު ދާދިފަހުން ވަނީ ޓިކެޓް މާސްޓާ އާއި ޓޭލާ އާ ދެމެދު މައްސަލަ ހޫނުވެފައެވެ. ޓިކެޓް މާސްޓާއިން ޓިކެޓް ޕްރީ ސޭލް ކުރިން ވިއްކަން ފަށައި ޕްލެޓްފޯމަށް ބާރުބޮޑުވެ ޕްލެޓްފޯމް ކްރެޝްވުމުގެ ސަބަބުން މަކަރުން އެކި ގޮތްގޮތަށް ވަނީ އަގުބޮޑުކޮށް ޓިކެޓު ވިއްކާފައެވެ.

https://sun.mv/171340

މި މައްސަލަ މިހާރު ހޫނުވެގެން އެމެރިކާގެ ކޯޓަކަށް ޓޭލާގެ ފޭނުންތަކެއް ވަނީ މައްސަލައެއް ހުށަހަޅާފައެވެ. އަދި އެ މައްސަލަ މިހާރުވެސް ދަނީ ބަލަމުންނެވެ.

comment ކޮމެންޓް