އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލުން މިހާރު ކަކުލު ހުޅު ބަދަލުކުރެވޭނެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ފައިސަލް ނަސީމް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ޓޯޓަލް ނީ ރިޕްލޭސްމަންޓް (ޓީކޭއާރް) ނުވަތަ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސައިފިއެވެ.

މި އޮޕަރޭޝަންތައް ކުރުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗާއި އޭއީއެޗްގެ ޑޮކްޓަރުންގެ ޓީމަކުން ގުޅިގެންނެވެ. ކަކުލު ހުޅު ބަދަލުކުރުމުގެ ސާޖަރީ ބޭނުންވާ މީހުން އޭއީއެޗްގެ ކަށީގެ ޑޮކްޓަރުންނަށް ދައްކާ، ޑޮކްޓަރުގެ ލަފާގެ މަތިން ސާޖަރީ ހެދުމަށް ނަން ނޯޓު ކުރެވޭނެއެވެ.

މި ޚިދުމަތަކީ އާސަންދައިން ކަވާ ކުރާ ޚިދުމަތެއްކަމުން ދިވެހީންނަށް މިސާޖަރީ ހިލޭ ކުރެވޭނެއެވެ. އަދި ގަވާއިދުން މިފަދަ ޚިދުމަތެއް ދޭން ފެށުމަކީ ފަރުވާ ހޯދުމަށް މާލެ ދާން ޖެހިފައިވާ ވަރަށް ގިނަ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަމަށް އޭއީއެޗްއިން ބުނެއެވެ.

ޓީކޭއާރުގެ އިތުރުން ޓޯޓަލް ހިޕް ރިޕްލެސްމަންޓް (ޓީއެޗްއާރު) ވެސް އޭއީއެސްގައި ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭއީއެޗުން ދޭ އިތުރު ޚިދުމަތްތައް:

  • ޒަމާނީ އިކުއިޕްމަންޓާއެކު ފިޒިއޯތެރަޕީގެ ޚިދުމަތް
  • މޭޖާ ސާޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ގެންގޮސް ދިނުން
  • އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ
  • ހިތުގެ ބަލިތަކަށް ފަރުވާ
  • ސްޕީޗް ތެރެޕީ
  • އެމްއާރުއައިއާއި ސީޓީ ސްކޭންގެ ހިދުމަތް
  • އިން ހައުސް ފާމަސީގެ ޚިދުމަތް
  • ޓްރެޑްމިލް ޓެސްޓްތައް ހެދުން
  • ހޯލްޓާ މޮނީޓަރިން
  • އީއެމްޖީ އަދި އީއީޖީގެ ޚިދުމަތް
  • ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުން
comment ކޮމެންޓް