ހޮރައިޒަން ފިޝަރީޒްގެ އައު "ޓޫނާ ޕާސްތާ ސޯސް" ތައާރަފުކޮށްފި

ހޮރައިޒަން ފިޝަރީޒް އިން ތައާރްފ ކުރި ޕާސްތާ ސޯސް ---

ހޮރައިޒަން ފިޝަރީޒް އިން "ޓޫނަ ޕާސްތަ ސޯސް" ގެ ނަމުގައި އައު ދަޅު އުފެއްދުމެއް ތައާރަފް ކޮށްފިއެވެ. މި ޕާސްތާ ސޯސްއަކީ އެއް އަހަރު ދުވަހުގެ މުއްދަތެއް ހޭދަކޮށްގެން ހޮރައިޒަންއިން މާކެޓަށް ނެރުނު އުފެއްދުމެކެވެ.

އެގޮތުން ގދ. ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި އިވެންޓުތަކުގެ ތެރޭގައި މި އުފެއްދުން ލޯންޗް ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ހަސަންއެވެ.

އެގޮތުން މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ހޮރައިޒަންގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒައީމާ ވިދާޅުވީ، ހޮރައިޒަން އިން ތައާރަފްކުރި ޓޫނާ ޕާސްތާގެ ސަބަބުން ރެސްޓޯރެންޓްތަކަށާއި އަމިއްލަ ފަރާތްތަކަށް ފަސޭހަ ކަމާއެކު ޓޫނާ ޕާސްތާ ސޯސްގެ ރަހަ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަދި ބޭރު މީހުންނަށްވެސް މި ސޯސްގެ އަޖުމަ ބަލާލުމުގެ ފުރުސަތު ލިބި، އެއަށް ބޮޑު ޑިމާންޑެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ސޯސްގެ އެންމެ ބޮޑު ބޭނުމަކީ ވަގުތު ސަލާމަތް ކުރުން ކަމުގައި ހޮރައިޒަން އިން ބުނެއެވެ. އެގޮތުން ހޮރައިޒަންގެ ސޯސް ބޭނުންކޮށްގެން ޕާސްތާ ހަދާނަމަ އެ ޕާސްތާ ރޯ ފިލުވައިގެން ކެއުމަށް ތައްޔާރުވާން ހޭދަ ވަނީ އެންމެ ފަސް ވަރަކަށް މިނިޓެވެ.

comment ކޮމެންޓް