ވިލާއިން ވޯލްޑްކަޕަށް ޚާއްސަކޮށް 'މަވެސް ބަލަން' ޕްރޮމޯޝަން ފަށައިގެން ކުރިއަށް

ހިޔާ ޓަވަރު 14 ގައި ހުންނަ ވިލާ މާޓު ފިހާރަ

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ރައުންޑް އޮފް 16ގެ މެޗުތައް ނިމި ކުރިއަށް ދެންއޮތީ ކުއާޓާ ފައިނަލުގެ ފޯރިގަދަ މެޗުތަކެވެ. ދިވެހިންގެ ތެރޭގައި މުބާރާތުގެ ފޯރި އިތުރުކުރުމަށްޓަކައި ވިޔަފާރި ކުންފުނިތަކުން ދަނީ ތަފާތު އެކިއެކި ކެމްޕެއިންތައް ހިންގަމުންނެވެ. މީގެ ތެރެއިން ވޯލްޑްކަޕަށް އަމާޒުކޮށް ވިލާއިން ކުރިއަށްގެންދާ "މަވެސް ބަލަން" ކެމްޕެއިން ފާހަގަކޮށްލެވެއެވެ.

ވިލާއިން ބުނީ، ވިލާ މާޓު ފިހާރަތަކުން 500 ރުފިޔާއިން މަތީގެ ވިޔަފާރި ކޮށްފިނަމަ، އެ ކަސްޓަމަރަކަށް ވޯލްޑްކަޕް ނިމެންދެން ޕްރޮމޯޝަނުގައި ބައިވެރިވެވޭނޭކަމަށެވެ.

މީގެ އިތުރުން ވިލާ ހަކަތައިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

އެ މުއްދަތުގެ ތެރޭގައި އިންސްޓަގްރާމުގައި، ވޯލްޑް ކަޕް ބެލުމާ ގުޅުން ހުރި ސްޓޯރީ ޝެއާކޮށްގެންވެސް މި ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ސްޓޯރީ ޝެއާ ކުރާއިރު ބޭނުންކުރާނެ ހޭޝްޓެގަކީ “#mavesbalan” އެވެ.

މީގެ އިތުރުން އިންސްޓަގްރާމުގައި ފޮޓޯ ޗެލެންޖެއްވެސް ކުރިއަށްދާނޭކަމަށް ވިލާއިން ބުނެއެވެ. މި ފޮޓޯ ޗެލެންޖުގައި ބައިވެރިވުމަށް، ވޯލްޑް ކަޕް ބަލަން ހުންނަ މަންޒަރު ފެންނަ ފަދަ، މުބާރާތާ ގުޅުން ހުރި ފޮޓޯއެއް އަޕްލޯޑް ކުރުމަށް ފަހު ޓެގް ކުރަން ޖެހޭނީ ވިލާ މާޓާއި ވިލާ ހަކަތައެވެ.

'މަވެސް ބަލަން' ޕްރޮމޯޝަނުގެ ނަސީބުވެރިންނަށް ދޭން ކަނޑައަޅާފައިވާ އިނާމުތަކަކީ:

އެއް ވަނައަށް: އައިފޯން 14 މެކްސް ޕްރޯ

ދެ ވަނައަށް: ރިސޯޓަކަށް ދެ މީހުންނަށް ދަތުރެއް

ތިން ވަނައަށް: 10 ޕަސެންޓުގެ ޑިސްކައުންޓް ވައުޗަރެއް

ވިލާއިން ބުނީ މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ވިލާ މާޓާއި ވިލާ ހަކަތައިގެ އިންސްޓަގްރާމް ޕޭޖުން ލިބޭނެކަމަށެވެ.

comment ކޮމެންޓް