އެޗްޑީސީގެ ސްމާޓްކޮމް ފެއާއަށް ބޮޑު ތަރުހީބެއް

މިރޭ 8:00އިން 10:00އަށް ވެސް ފެއާ ކުރިއަށް ދާނެ--- ފޮޓޯ/ އެޗްޑީސީ

ހައުސިިން ޑިވެެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ކުރިއަށްގެންދާ ސްމާޓްކޮމް ފެއާއަށް އާންމުންގެ ތަރުހީބު ބޮޑުކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެ ފެއާގެ ފުރަތަމަ ސެޝަން ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި 4:00އިން 6:00އަށެވެ. އަދި މިރޭ 8:00އިން 10:00އަށް ވެސް ފެއާ ކުރިއަށް ދާނެއެވެ.

އެޗްޑީސީއިން ބުނީ އެ ފެއާއަކީ ތަފާތު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ އެޕްލިކޭޝަންތަކާއި އެނޫންވެސް ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ފެއާއެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއަށް މީހުން އަހުލުވެރި ކުރުވާ، "ސްމާޓް ސިޓީއަކަށް ސްމާޓް ރައްޔިތުން" ތައްޔާރު ކޮށްދިނުމަކީ ވެސް ފެއާގެ މަގުސަދެއް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީއިން ކުރިއަށްގެންދާ ޕްރޮޖެކްޓް ކަމަށްވާ ސްމާޓްކޮމްގެ ދަށުން މީގެ ފަހުން ކޮންމެ އަހަރަކު ވެސް މި ފެއާ ބާއްވާން އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، ތަފާތު ސައިބާ ކުށްތައް އާންމުވެފައިވާ މިފަދަ ޒަމާނެއްގައި މުޖުތަމައު މިކަންކަމުން ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުވުމަށް އެ ފެއާއިން އެހީތެރި ވެދޭނެ ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ.

އެ ފެއާގައި ސްމާޓް ސިޓީ ސޮލިއުޝަންތަކާ ބެހޭ މުހިންމު މައުލޫމާތާއި، އެހެނިހެން ޑިޖިޓަލް ޚިދުމަތްތަކާ ބެހޭ މައުލޫމާތާއި ސައިބާ ކުށްތަކުން ސަލާމަތްވާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަންތައް ވެސް ދޭނެއެވެ.

comment ކޮމެންޓް