އަލަށް ތައާރަފްކުރި ތިން ކެޓަގަރީއާއެކު ވިމް އެވޯޑު 45 މީހަކަށް

ވިމްއިން ބޭއްވި އެވޯޑް ނައިޓް 2022 -- ފޮޓޯ: ރައީސް އޮފީސް

އަލަށް ތައާރަފްކުރި ތިން ކެޓަގަރީއިން ދިން އެވޯޑުތަކާއެކު މި އަހަރުގެ، ވިމެން އިން މެނޭޖްމަންޓު (ވިމް) އެވޯޑް 45 މީހަކަށް ދީފިއެވެ.

މި އެވޯޑަކީ އަންހެނުން ތަރައްޤީކުރުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ވިމެން އިން މެނޭޖްމަންޓް އެވޯޑްގައި ވަޒީފާގެ ދާއިރާއިންނާ، އިޖްތިމާއީ އެކިއެކި ރޮނގުތަކުން އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެވޯޑު ދީފައިވެއެވެ.

ރޭ އޮތް އެ ޙަފުލާ ޝަރަފުވެރި ކޮށްދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހްމަދެވެ. އެ ހަފްލާގައި ވިމްގެ ޗެއާޕާސަން ޑރ. ސުލޯޗަނާ ސެގެރާ އަދި ވިމްގެ ރާއްޖޭގެ ގޮފީގެ ރައީސާ، މިންހާ ފާއިޒް ރަޝާދާއި ސަރުކާރުގެ ބައެއް މިނިސްޓަރުން ބައިވެރިވެވަޑައިގަތެވެ.

ވިމްއިން ބޭއްވި އެވޯޑް ނައިޓް 2022ގައި މިނިސްޓަރު މާރިޔާއަށް އެވޯޑު ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް

ވިމްއިން މި އަހަރު އަލަށް އެވޯޑު ދިން ކެޓެގަރީތަކަކީ މޭލް ޗެމްޕިއަން އާއި އިންޓަނޭޝަނަލް ވުމެން އޮފް ދަ އިޔާ އަދި އެކްސްޕެޓްރިއޭޓް އެވޯޑެވެ.

ރޭގެ އެވޯޑު ހަފްލާފައި ވިމްއިން ވަނީ ލީޑާޝިޕް އެކްސެލެންސް އެވޯޑް 23 ފަރާތަކަށް ދީފައެވެ.

ހަމައެއާއެކު ކުޅިވަރާއި، ސިއްހަތާއި، ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އިތުރުން މުޖުތަަމައަށް ލާބައާއި މަންފާ ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ދާއިރާއިން ވެސް އެވޯޑް ދީފައިވެއެވެ.

މިއީ ވިމް އެވޯޑް ދޭ ހަތަރުވަނަ އަހަރެވެ. ވިމަން އިން މެނޭޖްމަންޓް މޯލްޑިވްސްއަކީ، ސްރީލަންކާގެ ޖަމިއްޔާއެއްކަމަށްވާ، ވިމަން އިން މެނޭޖްމަންޓާ ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

comment ކޮމެންޓް