ވޯލްޑް ކަޕްގެ މެޗުތައް ބަލަން މީޑިޔާ ނެޓުން ފަސޭހަ ގޮތްތަކެއް

މީޑިޔާ ނެޓަކީ ރާއްޖޭގެ ވޯރލްޑް ކަޕް ގެ ލައިސެންސް ބްރޯޑްކާސްޓާ --- ފޮޓޯ: މީޑިއާ ނެޓު

މި ދުވަސްކޮޅު އެންމެ ބޮޑަށް ފެނިގެންދާ މަންޒަރަކީ މެޗްތައް ފަށަންވާއިރަށް އެ ދުވަހަކު ކުރަންހުރި ހުރިހާ މަސައްކަތެއް ނިންމާލުމަށް އެންމެން އަވަދިނެތި އުޅޭ މަންޒަރެވެ. ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ޢީދު، ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބަލާލުމަށް ޓީމުތަކުގެ ޖޯޒީ ލައިގެން ޖޯޝާއި ފޯރީގައި ހޭވައްލާ ތައްޔާރަށް ތިބޭ މަންޒަރެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ދިވެހިންގެ މެދުގައި ފުޓުބޯޅައަށް އޮތް ލޯތްބާއި ޝައުގުވެރިކަން ވަރަށް ސާފުކޮށް ފެނިގެންދެއެވެ.

ކޮންމެ ތާކު ހުރެވެސް މެޗުތައް ބަލާލެވޭނެ ގޮތް ހަމަޖެއްސުމަށް މިފަހަރު ވޯލްޑް ކަޕްގެ ލައިސެންސް ބްރޯޑްކާސްޓާ، މީޑިއާނެޓުން ދަނީ ހުއްޓުމެއްނެތި ވަރަށް ބުރަކޮށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގޭގެ ސިޓިންގް ރޫމުން ފެށިގެން ބޮޑެތި ސްކްރީނުތަކާއި، ކޮފީ މޭޒުތަކާއި އަދި މަސްދޯނިފަހަރުގައިވެސް ފުޓުބޯޅަ ފޯރި ފުރިހަމަ ކަމާއެކު ތަޖުރިބާކޮށްލުމުގެ ފުރުސަތު މީޑިއާނެޓުން މިވަނީ ދިވެހިންނަށް މަގުފަހި ކޮށްދީފައެވެ.

ޑީކޯޑަރާއި ކޭބަލް ކަނެކްޝަނެއް ގޭގައި ނެތަސް އެއްވެސް ހާސް ކަމެއް ނެތެވެ. ކޮންމެ ތާކު ހުރެ ކޮންމެ ގަޑިއެއްގައިވެސް މެޗުތައް ބަލާލެވޭނެއެވެ. ބޭނުންވަނީ ހަމައެކަނި އިންޓަނެޓް ކަނެކްޝަނަކާ މެޗު ބެލޭނެ ޑިވައިސްއެކެވެ. މީޑިއާނެޓުގެ އެމް އެސް ލައިޓް ޚިދުމަތް އަދި އެމް އެސް ޑިޖިޓަލް ޚިދުމަތަކީ މިކަން ފަސޭހަކަމާއެކީ ކުރުމަށް ބައްޓަންކުރެވިފައިވާ ދެ ޚިދުމަތެވެ.

އެމް އެސް ލައިޓް

ޓީވީތަކުން މެޗުތައް ބަލާލުމަށް މީޑިއާނެޓުގެ އެމް އެސް ލައިޓް ޚިދުމަތް ޚިޔާރުކުރާނަމަ ޑީކޯޑަރެއް ބައްލަވައިގަންނާކަށް ނުޖެހެއެވެ. އަދި ގެޔަށް އިތުރު ކޭބަލްތަކެއް އަޅާކަށްވެސް ނުޖެހެއެވެ. ހަމައެކަނި ޓީވީ އިންޓަނެޓަށް ކަނެކްޓްކޮށްފައި މީޑީއާނެޓް އެޕްލިކޭޝަން ޑައުންލޯޑް ކޮށްލީމަ ނިމުނީއެވެ.

އެންޑްރޮއިޑް ޓީވީ، އެލް ޖީ ޓީވީ އަދި ސެމްސަންގް ޓީވީތަކަށް ޚާއްސަ މި އެޕްލިކޭޝަން ޑައުންލޯޑުކޮށްލުމަށްފަހު ރެޖިސްޓަރ ކޮށް ލޮގިން ވެލުމަށްފަހު މީޑިއާނެޓުގެ އެންމެ ކުޑަ ޕެކޭޖު (ލޯކަލް ޕެކޭޖު) ބައްލަވައިގަތުމުންވެސް ވޯރލްޑް ކަޕް ގެ ހުރިހާ މެޗެއް ފެންނާނެއެވެ. ކޭބަލް ކަނެކްޝަން ފުރިހަމަ ކުރުމަށް ހޭދަވާ ވަގުތު އުނިކޮށް ވަގުތުން ވަގުތަށް އެމްއެސްލައިޓް ކަނެކްޝަން ބައްލަވައިގަނެވޭނެއެވެ.

އެމްއެސް ލައިޓްގެ އިން ލިބޭ ޙިދުމަތްތަކުގެ ފޮޓޯއެއް. ---- ފޮޓޯ ކްރެޑިޓްސް: މީޑިއާނެޓު

އެމް އެސް ޑިޖިޓަލް

ފުލުފުލުން ވޯލްޑް ކަޕުގެ މެޗުތައް ކުޅެމުން ދާއިރު އަބަދު ޓީވީއެއް ކައިރީގައި އިނުމަކީ އެހާ ފަސޭހަކަމަކަށް ނުވެދާނެއެވެ. މަސައްކަތުގެ މާހައުލުގައާއި އެހެނިހެން ކަންކަމުގައި މަސްޢޫލުވެގެން އުޅޭ ގަޑީގައިވެސް ކޮންމެ ތާކު ހުރެ މެޗުތައް ބަލާލުމަށް މިހާރު އެއްވެސް ހުރަހެއް ނެތެވެ.

މީޑިއާނެޓް އެޕްލިކޭޝަނަކީ ފޯނު އަދި ޓެބްލެޓް ފަދަ އާލާތްތައް މެދުވެރިކޮށް މެޗުތައް ބަލާލުމަށް އޮތް އެންމެ ފުރިހަމަ ހައްލެވެ. ޕްލޭ ސްޓޯރް ނޫނީ އެޕް ސްޓޯރް މެދުވެރިކޮށް ޑައުންލޯޑް ކޮށްލެވޭ މި އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު 150 ރުފިޔާއަށް ލިބޭ ވޯލްޑް ކަޕް ކޮމްބޯ ޕެކޭޖެއް ބައްލަވައިގަތުމުން ހުރިހާ މެޗެއްވެސް ބަލާލެވޭނެއެވެ.

އެމްއެސް އެޕްލިކޭޝަނުން ލިބޭ ހިދުމަތްތައް --- ފޮޓޯ ކްރެޑިޓްސް: މީޑިޔާނެޓު

ދިވެހިންނަށް ވޯލްޑް ކަޕް ބެލޭނެގޮތް ހަމަޖައްސައިދިނުމަށް މީޑިއާނެޓުން ކުރި މަސައްކަތުން، އެމްއެސް ލައިޓް އަދި އެމްއެސް ޑިޖިޓަލް ޚިދުމަތް ފުރިހަމަވެގެން ދިޔުމަކީ ޖޯޝުން ފުރިގެންވާ ފުޓުބޯޅަ ފޯރި، ފަސޭހަކަމާއެކު ތަޖުރިބާކޮށްލުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެއްކަން ގައިމެވެ.

މީގެ އިތުރުން، މީޑިއާނެޓްގެ ސަބްސްކްރައިބް އެންޑް ވިން ޕްރޮމޯޝަންގެ ދަށުން އެމްއެސް ލައިޓް އަށާއި އެމްއެސް ޑިޖިޓަލްގެ އިތުރުން މީޑިއާނެޓްގެ އެހެން ހިދުމަތްތަކަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކުވެސް ހޮވޭ ނަސީބުވެރި ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ލިބޭނެއެވެ.

އެމް އެސް ލައިޓް އަދި އެމް އެސް ޑިޖިޓަލް އަށް ރަޖިސްޓަރ ކުރުމަށާއި ޕެކޭޖް އަދި ވައުޗާ ބައްލަވައިގަތުމަށް މި ލިންކް ބޭނުން ކުރައްވާށެވެ.

comment ކޮމެންޓް