ވިލުފުށީ ބަނދަރުގައި އޮތް ދެ ބޯޓެއްގައި އަލިފާން ރޯވެއްޖެ

ވިލުފުށީ ބަނދަރުގައި އޮތް ދެ ބޯޓެއްގައި އަލިފާން ރޯވެ، އަނދަނީ --

ތ. ވިލުފުށީ ބަނދަރުގައި އޮތް ދެ ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

މިކަމާ ގުޅިގެން ވިލުފުށީ ކައުންސިލްގެ ރައީސް ޙުސައިން ޖަބީން ވިދާޅުވީ އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ މަޣްރިބް ނަމާދުން ފޭބި ވަގުތުކަމަށެވެ.

ރޯވެފައިވަނީ ވިލުފުށީ މީހެއްގެ ދެ ބޯޓުގައެވެ. ޖަބީން ވިދާޅުވީ އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދިވެސް ފެތުރެމުންދާ ކަމަށެވެ.

"އަލިފާން ރޯވި ސަބަބެއް އަދި ނޭނގެ،" އޭނާ ވިދާޅުވިއެވެ.

ޖަބީން ވިދާޅުވީ އަލިފާން ރޯވީ ބޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހަކު ކައްކަން އުޅުމަށް ފަހު ބޯޓުން ފޭބި ވަގުތުކަމަށެވެ. އެ ހާދިސާގައި އެ މީހާގެ އަތް ފިހުނު ކަމަށާއި ނަމަވެސް އިތުރު ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފުން "ސަން"އަށް ބުނީ ވިލުފުށީ ފަޅުތެރޭގައި އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ކައްދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވާ ކަމަށެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު ލިބޭނީ ދޯނި އޮތް ހިސާބަށް ސިފައިންނަށް ދެވުމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް