އުމުރުން އެންމެ ދުވަސްވީ ބުޅަލަށް 27 އަހަރު ވަނީ

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ބުޅަލަށް 27 އަހަރު ފުރެން ގާތްވެއްޖެއެވެ.

ދުނިޔޭގެ ރިކޯޑު ފޮތުންވެސް ޖާގަ ހޯދާފައިވާ ބުޅަލަށް ކިޔަނީ ފްލޮސީއެވެ. ފްލޮސީގެ އުމުރަކީ 26 އަހަރާއި 329 ދުވަހެވެ. އެއީ އިންސާނެއްގެ އުމުރާ އަޅާ ކިޔާނަމަ 120 ވަރަކަށް އަހަރެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ބުޅަލުގެ ރެކޯޑު، ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ފްލޮސީ ހޯދާފައިވަނީ އިއްޔެއެވެ.

ބުޅަލެއްގެ އުމުރަކީ އާންމުކޮށް 10-15 އަހަރާ ދެމެދެވެ. ބައެއް ހާލަތްތަކުގައި ބުޅަލުގެ އުމުރު 18 އަހަރަށް ވެސް އަރައެވެ. ނަމަވެސް 26 އަހަރު ވަންދެން ބުޅާ ވަރަށް ދުނިޔޭގައި ނުހުރެއެވެ.

ފްލޮސީއަށް އެހާ ދުވަސްވެފައިވާއިރު އެ ބުޅަލަށް މިހާރު ރަނގަޅަކަށް އަޑެއް ނީވެއެވެ. އަދި ރަނގަޅަށް ތަންތަން ފެނުމަށްވެސް ފްލޮސީއަށް އުނދަގުވި ނަމަވެސް އޭގެ ހާލު އަދިވެސް ރަނގަޅު ކަމަށް އެ ހޯދި ވިކީ ގްރީން ބުންޏެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ ވިކީ އަށް ފްލޮސީ ލިބިފައިވަނީ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭގެ ކުރިން ފްލޮސީ ވަނީ އެކި ގޭގޭގައި ދިރިއުޅެފައެވެ.

އެންމެ ފުރަތަމަ ފްލޮސީ ފެނިފައިވަނީ ލިވަޕޫލުގައި ހުންނަ މާސީސައިޑް ހޮސްޕިޓަލު ކައިރިންނެވެ. އޭރު ފްލޮސީ އެކަނިވެ ވަރަށް ކުޑަވީމައި އެ ހޮސްޕިޓަލުގައި އުޅޭ މަސައްކަތުގެ މީހެއް ފްލޮސީ ގެއަށް ގެންދިޔައެވެ. އަދި 10 އަހަރު ވަންދެއް ފްލޮސީ އުޅުނީ އެ މީހާ ގާތުގައެވެ. ނަމަވެސް އެމީހާ މަރުވުމުން ފްލޮސީ ޖެހުނީ އެކި ތަންތަނަށް ބަދަލުވާށެވެ. އެކަމަކު މިހާރު ފްލޮސީއަށް ވަނީ އަނެއްކާވެސް ދާއިމީ ގެއެއް ލިބިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު