އިންޓަޕޯލްގައި ޚިދުމަތް ކުރުމުގެ ފުރުސަތު ޗީފް އިންސްޕެކްޓާ ރިލްވާން ޝަރީފަށް

އިންޓަޕޯލުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން ޗީޕް އިންސްޕެކްޓާ ރިލްވާން ޝަރީފާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު

އިންޓަޕޯލް ހެޑްކުއާޓާސްގައި ޚިދުމަތްކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބި، އެ ފުރުސަތުގައި ފުލުހުންގެ ޗީޕް އިންސްޕެކްޓަރަކު ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލަށް ދާން ހަަމަޖެހިއްޖެއެވެ.

މިކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަޕޯލުގެ ފައިނެންޝިއަލް ކްރައިމް އެންޑް އެންޓި ކްރަޕްޝަން ސެންޓަރުގައި ޗީޕް އިންސްޕެކްޓަރު ރިލްވާން ޝަރީފް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ތިން އަހަރު ވަންދެން ޚިދުމަތް ކުރާނެ ކަމަށެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ސީޕީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށް ކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ރާއްޖޭގެ ބައިވެރިވުން އޮތްކަން މި ފުރުސަތު ލިބުމުން ދައްކުވައިދޭ ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުށްވެރިން މަދުކުރުމަށް ކުރާ މަސައްކަތް މި ފުރުސަތުގެ ސަބަބުން އިތުރަށް ހަރުދަނާވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް