ވޯލްޑްކަޕްގެ އަޕްޑޭޓްތައް ވަގުތުން ލިބޭ ''ސަން ވޯލްޑްކަޕް ފޯރި'' ޕޭޖް ލޯންޗްކޮށްފި

ސަން ވޯލްޑް ކަޕް ޕޭޖްގެ ސްކްރީން ޝޮޓެއް---

އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ އެންމެ ފަހުގެ މައުލޫމާތާއި މެޗްތައް ކުޅޭ ވަގުތު ލައިވް އަޕްޑޭޓް ލިބޭ، "ސަން ވޯލްޑްކަޕް ފޯރި" ޕޭޖް މިއަދު ލޯންޗްކޮށްފިއެވެ.

ސަންގެ ސައިޓްގައި ލޯންޗް ކޮށްފައިވާ މި ޕޭޖުން މެޗްތައް ފެށުމުގެ ކުރިން އެ މެޗެއް ކުޅޭ ކުޅުންތެރިންގެ މައުލޫމާތު ވެސް ވަގުތުން ފެންނާނެއެވެ. އަދި މެޗް ކުޅެމުން ދާއިރު ހުރިހާ މައުލޫމާތެއް ވެސް ވަގުތުން ފެންނާނެއެވެ. އަދި ޕޮއިންޓް ޓޭބަލް ވެސް ވަގުތުން އަޕްޑޭޓް ވާނެއެވެ.

މެޗްތަކުގެ ޝެޑިއުލްގެ މައުލޫމާތު ވެސް މި ޕޭޖުން ފެންނާނެއެވެ.

މި ޕޭޖްގައި ވޯލްޑް ކަޕް ކުޅޭ 32 ގައުމުގެ ތަފްސީލީ މައުލޫމާތާއި ވަކިވަކި ކުޅުންތެރިންގެ ޕްރޮފައިލްތައް ވެސް ހިމެނެއެވެ. އޭގެ އިތުރުން އެންމެ ފަހުގެ ޚަބަރުތައް ވެސް މި ޕޭޖް މެދުވެރިކޮށް ކިޔާލެވޭނެއެވެ.

ވޯލްޑްކަޕްގެ ތައްޔާރީތަކާއި މެޗްތަކުގެ ވީޑީއޯ އަދި ފޮޓޯ ވެސް މި ޕޭޖް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން ވޯލްޑްކަޕުގެ އެންމެ ތާޒާ ޚަބަރާއި މައުލޫމާތު އެންމެ ފުރަތަމަ ގެނެސްދޭ ނޫހަކަށް މިފަހަރު ވެސް ސަން ވާނެއެވެ.

މި ޕޭޖްގެ ކޮންޓެންޓް ތައްޔާރު ކުރީ ސަންގެ ސްޕޯޓްސް ޖާނަލިސްޓް އަޙްމަދު އިޒްމީމާއި އަޙްމަދު މާޖިދެވެ. ގްރެފިކްސް އާއި ޔޫއައިގެ މަސައްކަތް ސަންގެ ގްރެފިކްސް ޑިޒައިނަރު އަލީ ޝާހީން ކުރިއިރު ޕޭޖްގެ ޓެކްނިކަލް މަސައްކަތްތައް ކުރީ ސަންގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު އަޙްމަދު ހަސަންއެވެ.

comment ކޮމެންޓް