ހައި ކޯޓުގައި ފުރަތަމަ ފަހަރަށް ތިން އަންހެން ފަނޑިޔާރުންގެ ބެންޗެއް

ހައި ކޯޓުގައި ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން މައްސަލަ ބަލަނީ --- ފޮޓޯ/ ހައި ކޯޓު

ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ތިން އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ޝަރީއަތެއް ހިންގައިފިއެވެ.

ހައި ކޯޓުން ބުނީ, އެ މައްސަލަ ބައްލަވަމުންދާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ, ފަނޑިޔާރު ފާޠިމަތު ފަރުހީޒާ އާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީ ކަމަށެވެ.

މީގެ ކުރިން ފިރިހެން ތިން ފަނޑިޔާރުން އެކުލެވޭ ބެންޗުތަކުން އާންމުކޮށް މައްސަލަތައް ބެލި ނަމަވެސް އަންހެން ތިން ފަނޑިޔާރުން އެކަނި ތިއްބަވައިގެން މައްސަލައެއް ބަލާ މިއީ ފުރަތަމަ ފަހަރެެވެ.

ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ހައި ކޯޓުގައި ތިއްބަވަނީ ވެސް އަންހެން ތިން ފަނޑިޔާރުންނެވެ.

އެ ތިން ފަނޑިޔާރުން މިއަދު ބައްލަވާފައިވަނީ ނަޒާކީ ކުންފުނިން މޮރިޝަސް ކޮމާސަލް ބޭންކާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

comment ކޮމެންޓް