ސަލްމާން މިސްކިތުގެ އޭސީ ހަދަން ބޭނުންވާ ސާމާނަށް އޯޑަރު ދީ މަސައްކަތު އެގްރީމަންޓުގައި ސޮއިކުރަނީ

ކިންގް ސަލްމާން މިސްކިތް – ސަން ފޮޓޯ/ ފަޔާޒު މޫސާ

ތުރުކީގެ ޓެކްނީޝަނުންގެ ޓީމުން ސަލްމާން މިސްކިތުގެ އޭސީތައް ބަލައި މަރާމާތުކުރަން ކުރަން ޖެހޭ މަސައްކަތް ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

"ސަން"އާ ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީ މަރާމާތުކުރާ ތުރުކީގެ އެކްސްޕާޓުންނާއެކު އެ މަސައްކަތުގެ އެގްރީމަންޓުގައި މިއަދު ސޮއިކުރާނެކަމަށެވެ.

"މިހާރު މަރާމާތައް ބޭނުންވާ އެއްޗެހި އޯޑަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ތަކެތި ލިބުނުހާ އަވަހަކަށް މަރާމާތުގެ މަސައްކަތް ފެށޭނެ،" އަފްރާހް ވިދާޅުވިއެވެ.

މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ މިހާރު ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. އެކަމުގެ ސަބަބުން މިސްކިތް ބޭނުންކުރާ މީހުންނަށް އެ ކަމުގެ އުނދަގޫތަކާ ކުރިމަތިލާންވަނީ ޖެހިފައެވެ.

އެ މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާއަށް ފިނިކުރަން ބޭނުންކުރާ ހަތަރު ޔުނިޓުގެ ތެރެއިން ތިން އޭސީ ޔުނިޓުވަނީ ހަލާކުވެފައެވެ.

އެ އޭސީތައް މަރާމާތުކުރެވޭނެ އެއްވެސް ގޮތެއް ރާއްޖޭގައި ނެތެވެ.

ގިނަ ބަޔަކުބުނި ގޮތުގައި މިސްކިތުގެ ތެރޭ ހޫނު ގަދައެވެ. އަދި މިސްކިތުގައި ތިބެ އަޅުކަން ކުރުމަށް ވަނީ ދަތިވެފައެވެ.

comment ކޮމެންޓް