އޭޑިކޭ ޖެނެރަލް ޓްރޭޑިންގް އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލިޓިލް ލަޔަން" ބްރޭންޑުގެ ބިސްކޯދުގެ ރަހަ ބަލާލުމުގެ އިވެންޓެއް މިއަދު ބާއްވައިފިއެވެ.
"ލިޓިލް ލަޔަން" އަކީ ކުޑަ ކުދިންނަށް ޚާއްސަ ބިސްކޯދުގެ ބާވަތެކެވެ. މި ބްރޭންޑުގެ ބައިވަރު ވައްތަރުގެ ބިސްކޯދު އޭޑިކޭ ޖެނެރަލް ޓްރޭޑިންގް އިން ދަނީ ވިއްކަމުންނެވެ.
"މި ވެރައިޓީސްތައް މިކޮޅުން ލޯންޗު ކުރިތާ މަންތެއް [މަހެއް] ވެއްޖެ. އެހެންވެ މި އިވެންޓު މި ބާއްވަނީ ޑެޑިކޭޓެޑު ޓު ލިޓިލް ލަޔަންސް" އޭޑިކޭ ޖެނެރަލް ޓްރޭޑިންގް މާކެޓިންގް އެކްޒެކެޓިވް މުހައްމަދު އަހްސަން ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗްގައި ބޭއްވި އޭޑިކޭ ޖެނެރަލް ޓްރޭޑިން އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ "ލިޓިލް ލަޔަން" ބްރޭންޑުގެ ބިސްކޯދުގެ ރަހަ ބަލާލުމުގެ އިވެންޓުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހީމް ޝަމްވީލް
އަހްސަން ވިދާޅުވި ގޮތުގައި މި ބިސްކޯދު ބްރޭންޑަކީ ކުޑަ ކުދިންގެ ބްރޭންޑަކަށް ވުމުގެ ސަބަބުން އިވެންޓުވެސް ބޭއްވުނީ ކުޑަ ކުދިންގެ ހަވީރެއްގެ ގޮތުގައެވެ. އެ އިވެންޓު ބޭއްވީ އާޓިފިޝަލް ބީޗުގައެވެ.
އޭޑިކޭ ޖެނެރަލް ޓްރޭޑިންގް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޮލެޓީ ތަކެތި ވިއްކަމުން އަންނަ އެއް ކުންފުންޏެވެ. އެގޮތުން މި ކުންފުނިން އެތެރެކޮށް ވިއްކާ ތަކެއްޗަށް ބަލާއިރު މަލިބާން، މާސްޓަރ ޗެފް، ޑްރައިޕާސް، ޑިޓޯލް އަދި ފިރިހެނުންނަށް ޚާއްސަ ބޭޑް ލެބް ހިމެނެއެވެ.