ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިރޭ ބާއްވަން ހަަމަޖެހިފައި އޮތް ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ހޯމް މިނިސްޓްރީން ބުނީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކުރީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. އެގޮތަށް ނިންމެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

މ. ނިރުފެހީގައި ހިންގާ ގަރާޖެއްގައި އަލިފާން ރޯވެ، އެތަނުގެ މަތީ ފްލޯގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން 10 މީހުންގެ ފުރާނަ ނެތް ހަށިގަނޑު ވަނީ ނެރެފައެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައި ވަނީ 12:30 ގައެވެ.

ހާދިސާއާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އަންނަނީ ވަރަށް ސީރިއަސް ގޮތެއްގައި އެ ހާދިސާ ތަހުގީގުކުރަމުންނެވެ. އަދި ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ހާދިސާއާ ގުޅިގެން މިރޭ ބާއްވަން އޮތް ޖަލްސާ ލަސްކޮށްފައިވާއިރު ހޯމް މިނިސްޓްރީންވަނީ ދައުވަތު އެރުވިފައިވާ ފާރާތްތައް މާދަމާ ރޭ ޖަލްސާއަށް ވަޑައިގަތުމަށް އެދިފައެވެ.

މާދަން ރޭ އޮންނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ. ޖުމްހޫރީ ދުވަހަކީ ވެސް މާދަމާއެވެ.

comment ކޮމެންޓް