ހައިކޯޓުގެ އިސް ފަނޑިޔާރު މަގާމުން ވަކިވާން ހުށަހަޅުއްވައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ހާތިފް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ މަގާމުން ވަކިވާން މިއަދު ހުށަހަޅުއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް "ސަން" އަށް ވިދާޅުވީ، ހާތިފް މަގާމުން ވަކިވާން ހުށަހަޅުއްވާފައި ވަނީ ޝަރަފްވެރިކަމާއެކު ކަމަށެވެ. އެހެންކަމުން މިހާރު އެކަން ޕްރޮސެސްކުރުމުގެ މަސަައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މަގާމުން ވަކިވަނީ ކޮން ސަބަބަކާހުރެކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

ހާތިފަކީ ސިވިލް ކޯޓުގެ ފަނޑިޔާރުކަން 10 އަހަރު ކުރެއްވި ބޭފުޅެކެވެ. އަދި ހައިކޯޓުގެ ފަނޑިޔާރުކަން އޭނާ އެއް އަހަރު ކުރައްވާފައި ވެއެވެ.

comment ކޮމެންޓް