ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން 283 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފި

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން 283 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކޮށްފިއެވެ.

މަރުކަޒީ ބޭންކުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނީ 194 މިލިއަން ޑޮލަރުގެ މުދަލެވެ.

ނަމަވެސް މި އަހަރު ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަަލަށް މަހުގެ ބާވާތްތަކުގެ އެކްސްޕޯޓުވަނީ ދަށްވެފައެވެ. އެގޮތުން އެ އަދަދުވަނީ 37.7 ޕަސެންޓުން 15.3 ޕަސެންޓަށް ދަށްވެފައެވެ.

ފިނިކުރި މަހާއި ތާޒާ ކަނޑުމަހުގެ އެކްސްޕޯޓު ވެސް ވަނީ 47.9 ޕަސެންޓުން 15.6 ޕަސެންޓަށް ދަށްވެފައެވެ. ނަމަވެސް ދަޅު މަހާއި ޕޯޗުކުރި މަހުގެ އެކްސްޕޯޓުވަނީ ނެގެޓިވްގައި އޮތުމަށްފަހު 26.9އަށް އަރައިފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.74 ބިލިއަން ރުފިޔާގެ މުދާވަނީ އިމްޕޯޓުކޮށްފައެވެ.

އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވާތްތަކެވެ.

comment ކޮމެންޓް