ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ފުރުސަތު ހުޅުވާލައިފި

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކަށް ޖުމުލަ 13 ދާއިރާއަކުން ތަފާތު 70 ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޯސްތަކަކީ ސެޓްފިކެޓް ލެވެލް ތިނަކުން ފެށިގެން މާސްޓާސް ޑިގްރީއާ ހަމައަށް ކިޔެވޭ ކޯސްތަކެކެވެ. އެ ކޯސްތަކުގެ ތެރޭގައި މެނޭޖްމެންޓާއި ބިޒްނަސް، ސައިކޮލޮޖީ އާއި ކައުންސެލިން، ފާމަސީ، ނާސިން އެންޑް މިޑްވައިފްރީ، އާޓްސް އާއި ތައުލީމީ ދާއިރާ، އަރަބި އަދި އިސްލާމް ދީނުގެ ދާއިރާއާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާގެ ކޯސްތައް ހިމެނެއެވެ.

ހަމައެއާއެކު، ކޮމިއުނިޓީ ބޭސްޑް ނޭޝަނަލް ސްކިލް ޓްރެއިނިން ޕްރޮގްރާމްތައް ވެސް ތަފާތު ދާއިރާ ތަކުން އެ ކޮލެޖުގައި ކުރިއަށް ގެންދެއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---

އޭގެ ތެރޭގައި ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން، އިވެންޓް މެނޭޖްމަންޓް، އަތްތެރި މަސައްކަތް، އިންވެންޓްރީ މެނޭޖްމަންޓް، ފެޝަން ޑިޒައިނިން އެންޑް ޓެއިލަރިން، ވެލްޑިން ޓެކްނީކްސް، އިލެކްޓްރީޝަން، ފާމަސީ، އަދި ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް ކޯސްތައް ހިމެނެއެވެ.

އެ ކޮލެޖުން ހިންގި ތަފާތު ޕްރޮގްރާމަކުން މިހާތަނަށް 2،000 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.

މިވަގުތު ފުވައްމުލަކާއި މާލޭގައި ކެމްޕަސް ގާއިމުވެފައިވީ ނަމަވެސް ރާއްޖޭގެ އެކިއެކި ސަރަޙައްދުތަކުގައި ކޯސްތަކަށް ޑިމާންޑް އޮންނަވަރު ބެލުމަށްފަހު އެ ސަރަޙައްދުތަކުގައި ކޯސްތައް ހިންގުމަށް އެ ކޮލެޖުން ވަނީ ނިންމާފައިއެވެ.

ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުގެ ދަރިވަރުންތަކެއް ---

އެގޮތުން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ "ރެސިލިއެންޓް ވޯކްފޯސް ޕްރޮގްރާމް"ގެ ދަށުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ހިންގުމަށް ހަމަޖެހިފައިވާ ނެޝަނަލް ސެޓްފިކެޓް ތިނެއްގެ އަތްތެރި މަސައްކަތުގެ ކޯސް ފ. ނިލަންދޫ އާއި އެ އަތޮޅު ބިލެއްދޫގައި މިހާރު ވަނީ ފަށާފައެވެ.

އަންނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް އެދި ހުށަހެޅޭނީ އަންނަ މަހުގެ 17ވަނަ ދުވަހާ ހަމައަށެވެ.

ކޯހަށް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމު މިހާރު އެ ކޮލެޖުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.

comment ކޮމެންޓް