ބޮޑު މުސާރައަކާއެކު ސަލްމާން މިސްކިތުގެ އިމާމަކަށް ޝައިޚް އިލްޔާސްގެ ދަރިފުޅު

ކިންގް ސަލްމާން މިސްކިތުގެ އިމާމަކަށް ޢައްމާރު އިލްޔާސް ---

ކިންގް ސަލްމާން މިސްކިތުގެ އިމާމަކަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ޝައިޚް އިލްޔާސް ހުސައިންގެ ދަރިކަލުން ޝައިޚް ޢައްމާރު އިލްޔާސް އައްޔަނުކޮށްފިއެވެ.

އައްމާރު، ސަލްމާން މިސްކިތުގެ އިމާމަކަށް އައްޔަނު ކުރީ މިނިސްޓަރުންގެ ނައިބު ފެންވަރުގައެވެ.

ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމަކީ މިނިސްޓަރުންގެ ނައިބު ފެންވަރުގެ ސިޔާސީ މަގާމްތަކެވެ. އެ މަގާމަށް މަހަކު 35,000 ރުފިޔާގެ މުސާރައެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ޝެއިހް އިލްޔާސް ހުސައިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޢައްމާރު އިލްޔާސް އަކީ މަދީނާ ޔުނިވަރސިޓީގެ ގްރެޖުއޭޓެކެވެ.

މި ދަނޑިވަޅަކީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ވެގެން އެކަމާ އިދިކޮޅު ޕާޓީތަކުން ވެސް ފާޑު ކިޔަމުންދާ ދަނޑިވަޅެކެވެ.

އިލްޔާސް ދަރި އައްމާރަށް ސިޔާސީ މަގާމެއް ދީފައިވާއިރު މި ސަރުކާރުން ވަނީ އިލްޔާސް އަށްވެސް މެލޭޝިޔާގެ އެމްބަސީން ސިޔާސީ މަގާމެއް ހަމަޖައްސާފައެވެ.

މިފަހަރު އަނެއްކާވެސް ސިޔާސީ މަގާމެއް އަދާލަތު ޕާޓީގެ މެމްބަރަކަށް ހަމަޖެއްސުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް