ރާޅާއަޅަން ގޮސްއުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި

މ. މުލި: -- ފޮޓޯ މުލި ފޭސްބުކް ޕޭޖް

މ.މުލީ ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު ފަތުރުވެރިއަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ރަޅާއަޅަން ގޮސް އުޅުނު ހަތް ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން މިއަދު 12:47 ހާއިރު އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވާކަމަށޭވެ. ގެއްލިގެން ހޯދަނީ ފިރިހެން ފަތުރުވެރިއެކެވެ.

އޭނާ ގެއްލުނުއިރު ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ދުވަސްވަރަކީ މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ.

އއ. އަތޮޅަށް ލޯންޗެއް ބަންޑުން ޖަހާލައިގެން ގެއްލުނު ދިވެހި ޒުވާނަކު ހޯދުމުގެ މަސައްކަތް ވެސް ސިފައިންނާއި ފުލުހުން ކުރަމުން އަންނަތާ ދެ ތިން ދުވަސް ވެއްޖެއެވެ. އެ ޒުވާނާ ވެސް އަދި ނުފެނެއެވެ.

comment ކޮމެންޓް