އެސްޓީއޯ "މަގޭ ހިޔާ"، ކޮންމެ ބޯހިޔާވަހިކަމަކަށް ވެސް!

އެސްޓީއޯއިން "މަގޭ ހިޔާ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮމޯޝަނެއް--- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން "މަގޭ ހިޔާ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ހައުސިން ޔުނިޓް ލިބިފައިވާ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮމޯޝަނެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ އެ ޕްރޮމޯޝަންގެ މަންފާ ލިބޭނީ ހަމައެކަނި ސަރުކާރުން މާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓާއި ހައުސިން ޔުނިޓް ލިބޭ މީހުންނަށް ނޫން ކަމަށާއި އަތޮޅު ތެރޭގައި ހިންގާ އެފަދަ މަޝްރުއުތަކުން ބޯހިޔާވަހިކަން ލިބޭ އެންމެނަށް ވެސް އެ ޕްރޮމޯޝަންގެ ފައިދާ ލިބޭނެ ކަމަށެވެ.

"ރާއްޖޭގެ ކޮންމެ ރަށެއްގައި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓާއި ހައުސިން ޔުނިޓް ލިބޭ އެންމެހައި ރައްޔިތުންނަށް މި ޕްރޮމޯޝަންގެ މަންފާ ލިބޭނެ،" އެސްޓީއޯ އިން ބުންޏެވެ.

މިހާރުވެސް ހިނގަމުން ދާ އެ ޕްރޮމޯޝަން ކުރިއަށް ދާނީ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހާ ހަމައަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެ މުއްދަތުގައި، އެ ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000ރުފިޔާއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގްރޭންޑް ލަކީ ޑްރޯގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި އިނާމް ދޭނެއެވެ.

އެސްޓީއޯއިން "މަގޭ ހިޔާ"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮމޯޝަނެއް--- ފޮޓޯ/ އެސްޓީއޯ

އެ ޕްރޮމޯޝަނުން ލިބޭ އިނާމުތަކުގެ ތެރޭގައި ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް 20،000ރުފިޔާގެ ފައިސާގެ އިނާމާއި ގްރޭންޑް ލަކީ ޑްރޯގެ ދެވަނަ އިނާމަކަށް 10،000ރުފިޔާގެ ފައިސާގެ އިނާމާއި ގްރޭންޑް ލަކީ ޑްރޯގެ ތިން ވަނަ އިނާމަކަށް 5،000ރުފިޔާގެ ގިފްޓް ވޮއުޗާ ހިމެނެއެވެ.

އެސްޓީއޯ މަގޭ ހިޔާ ޕްރޮމޯޝަން ކުރިއަށްދާއިރު ޑިސްކައުންޓް ލިބޭ ތިން ޕެކޭޖެއް ވަނީ ކަނޑައަޅާފައެވެ. އެއީ 15،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވިޔަފާރި ކުރުމުން 12 ޕަސެންޓު ޑިސްކައުންޓު ލިބޭ ރިހި ޕެކޭޖާއި 25،000 ރުފިޔާއާއި 35،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ވިޔަފާރި ކުރުމުން 15 ޕަސެންޓު ޑިސްކައުންޓު ލިބޭ ރަން ޕެކޭޖާއި 35،000 ރުފިޔާއިން މަތީގެ މިންވަރަކަށް ވިޔަފާރި ކުރުމުން 18 ޕަސެންޓު ޑިސްކައުންޓު ލިބޭ ހުދު ރަން ޕެކޭޖެކެވެ.

comment ކޮމެންޓް