އެޗްޑީސީން އިސްނަގައިގެން މުފްތީ މެންކްގެ ދަރުހެއް ހުޅުމާލޭގައި ބާއްވަނީ

މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިސްނަގައިގެން ހުޅުމާލޭގައި މުފްތީ މެންކްގެ ދަރުހެއް ބާއްވަން އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް އަޙްމަދު އާތިފްއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

އެޗްޑީސީން ބުނީ އެ ދަރުސް އޮންނާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކަމަށެވެެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މި މަހުގެ 28 އިން 31 އަށް މުފްތީމެންކް ރާއްޖެ ވަޑައިގަތުމަށް ނިންމާފައިވާއިރު ހުޅުމާލޭގައި ދަރުސް އޮންނާނީ 31 ވަނަ ދުވަހު ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ވަކި ގަޑިއެއް ކަނޑައެއް ނާޅައެވެ.

ހުޅުމާލޭގެ އިތުރުން މާލެ، އައްޑޫ އަދި ފުވައްމުލައް ސިޓީގައި މުފްތީމެންކްގެ ދީނީ ތަގުރީރު ދެއްވަން ވަނީ ހަމަޖެހިފައެވެ. މުފްތީމެންކް ވަނީ މީގެ ކުރިން ވެސް ރާއްޖެ ވަޑައިގެން، ދީނީ ތަގުރީރު ދެއްވާފައެވެ.

އިރުމަތީ އެފްރިކާ އަދި އެނޫން ސަރަހައްދުތަކުގެ ގައުމުތަކުގައިވެސް ގިނަ ތަގުރީރުތަކެއް ދެއްވަމުން ގެންދަވާ ޝެއިޚް މުފްތީ އަކީ ޒިމްބާބުވޭގެ މުސްލިމު އާބާދީއަށް އިސްލާމީ ތައުލީމު ފޯރުކޮށްދޭ މަޖްލީސުއް އުލަމާގެ ދަށުން ހިންގަމުން އަންނަ އިސްލާމީ އެޑިއުކޭޝަން ސެންޓަރު ނުވަތަ ދާރުލް އިލްމުގެ ޑިރެކްޓަރެވެ.

comment ކޮމެންޓް